Roadha Mihaaru
މަބްރޫކް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން

މަބްރޫކްގެ ބަދަލުގައި އާ ސްޕޯކްސްޕާސަންއަކަށް މިއުވާން ހަމަޖައްސައިފި

24 އޯގަސްޓް 2022

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފި އެވެ.

މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށެވެ.

ކޮވިޑް-19ގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވުމަށް ފަހު ސްޕޯކްސްޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތް މަބްރޫކް އިސްތިއުފާ ހުށަހެޅުއްވީ އިއްޔެ އެވެ. އޭނާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ގަބޫލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ބުނެފައިވަނީ، ރައީސް އޮފީހާއި ސަރުކާރަށް މަބްރޫކް ކޮށްދެއްވީ އިހްލާސްތެރި މަސައްކަތްތަކެކެވެ. ތައުރީފް ހައްގު އެ މަސައްކަތަށް ރައީސް އޮފީހުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީޑިއާ ބްރީފިންއެއްގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މީޑިއާ ބްރީފިންއެއްގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަބްރޫކް އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވި ޓުވީޓުގައި އޭނާ ވަނީ ގައުމަށް އެންމެ މުހިއްމު ދަނޑިވަޅުގައި އޭނާއަށް އިތުބާރުކުރައްވައި ޚިދުމަތްކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ތަރުޖަމާނެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކުގައި ނޫސްވެރިން އޭނާއަށް ދެއްވި އެއްބާރުލުން ވެސް ފާހަގަކުރެއްވި އެވެ.

އަލަށް މަގާމާ ހަވާލުވެވަޑައިގަތް މިއުވާންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެ މަރުހަބާ ވެސް ދެންނެވި އެވެ.

އެމްޑީޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަބްރޫކް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ވަޑައިގަތީ ޖުލައި، 2019 ގަ އެވެ. އޭގެ ފަހުން، ކޮވިޑުގެ އެންމެ އުނދަގޫ ހާލަތުގައި ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވި މައުލޫމާތަކާ އެކު ގިނަ ޕްރެސް ކޮންފަރެންސްތަކެއް ބާއްވަވައި ރައްޔިތުންނަށް ހާލަތު އޮޅުންފިލުއްވައިދެއްވި އެވެ.

Mabrook: beynun vi gothah emme gaathugai

Mabrook: beynun vi gothah emme gaathugai

The most trusted news source in the Maldives

Mihaaru

މަބްރޫކްގެ ސިޔާސީ ހަޔާތާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި އިންޓަވިއުގެ ޚުލާސާ ރިޕޯޓެއް.

މި މަސައްކަތުގައި ގިނަ ބައެއްގެ ތައުރީފް އޭނާއަށް ލިބިވަޑައިގަތެވެ.

ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރެއްވި ޒުވާން ނޫސްވެރިޔާ މިއުވާންއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިން ވަނަ ސްޕޯކްސްޕާސަން އެވެ. މަބްރޫކްގެ ކުރިން އެ މަގާމު ފުރުއްވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް، އިބްރާހިމް ހޫދެވެ. އޭނާ ވަނީ މި މަހުގެ ކުރީކޮޅު، ކޮމިއުނިކޭޝަންސް އޮފީހާ ދުރަށް ވަޑައިގެން ފޮރިން ރިލޭޝަންސްގެ އޮފީހުގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ.