މެޑްރިޑް (ޖެނުއަރީ 3) - ސްޕޭނުގެ ނޯތު އެފްރިކާއާވީ ފަޅީގައި އޮންނަ ސެއުޓާ އަށް ފޮއްޓަކަށް ލައިގެން މީހަކު އެތެރެ ކުރަން އުޅެނިކޮށް ފުލުހުންނަށް ފަޅާ އަރައިފި އެވެ.
03 ޖެނުއަރީ 2017
މެޑްރިޑް (ޖެނުއަރީ 3) - ސްޕޭނުގެ ނޯތު އެފްރިކާއާވީ ފަޅީގައި އޮންނަ ސެއުޓާ އަށް ފޮއްޓަކަށް ލައިގެން މީހަކު އެތެރެ ކުރަން އުޅެނިކޮށް ފުލުހުންނަށް ފަޅާ އަރައިފި އެވެ.
މީހުން ވަގަށް އެތެރެ ކުރުމުގެ މަސައްކަތް ކުރާ މޮރޮކޯގެ ބަޔަކު ވަނީ ކާރެއްގެ ތެރޭގައި ފޮރުވައިގެން ވެސް ދެ މީހަކު ސެއުޓާ އަށް އެތެރެކުރަން އުޅެފަ އެވެ. މި ހާދިސާގައި ސްޕޭން ފުލުހުން ވަނީ މޮރޮކޯގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
ކާރުގައި ފޮރުވާފައި ތިބި މީހުން ފެނުނީ ފުލުހުން އިއްޔެ އެ ކާރު ޗެކް ކުރަނިކޮށެވެ. ކާރުގައި ފޮރުވާފައި ތިބި ދެ މީހުންގެ ތެރޭން އެކަކު އޮތީ ޑޭޝްބޯޑުގެ ދަށުގަ އެވެ. އަނެއް މީހާ އޮތީ ފަހަތު ސީޓު ދަށުގަ އެވެ. ކާރުގައި ފޮރުވާފައި ތިބީ ގިނީގެ ދެ މީހުންނެވެ. އެ މީހުން ސަލާމަތް ކުރުމަށް ފަހު ވަނީ އަވަސް ފަރުވާ ދީފަ އެވެ.
ސްޕޭނަށް ވަގަށް އެތެރެ ކުރަން އުޅުނު މީހަކު ކާރުގެ ޑޭޝްބޯޑު ދަށުގައި.
ފޮއްޓަކަށް ލައިގެން ސެއުޓާ އަށް މީހަކު ވަގަށް އެތެރެ ކުރަން އުޅުނީ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ. އެއީ ގޭބޮންގެ މީހެއް ކަމަށްވެ އެވެ. އެ މީހާ ވެސް ފޮށިން ނެގުމަށް ފަހު ވަނީ އަވަސް ފަރުވާ ދީފަ އެވެ. މި މީހާ ސެއުޓާ އަށް އެތެރެ ކުރަން އުޅުނީ 22 އަހަރުގެ މޮރޮކޯގެ އަންހެނެކެވެ. ފޮށީގައި އޮތް މީހާ ފެނުނީ ކަސްޓަމަސްގެ އޮފިސަރުންނަށް ޝައްކު ވެގެން ފޮށި ހުޅުވާ ބެލުމުންނެވެ.
ވަގަށް އެތެރެވާ މީހުން ހުއްޓުވުމަށް ސެއުޓާ އާއި މޮރޮކޯއާ ދެމެދު ވަނީ ހަ މީޓަރު (20 ފޫޓު) ގެ ފެންސެއް ޖަހައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ މި ފެންސް ހުރަސްކޮށް ސެއުޓާ އަށް 1،100 މީހުން އެތެރެވާން މަސައްކަތްކޮށްފަ އެވެ. އެ ހާދިސާގައި ވަނީ މޮރޮކޯގެ ފަސް ބޯޑާ ގާޑާއި ސްޕޭނުގެ ފަސް ބޯޑު ޒަޚަމްވެފަ އެވެ. މި ފެންސް ހުރަސްކޮށް 400 ވަރަކަށް މީހުން ވަނީ ޑިސެމްބަރު 9 ވަނަ ދުވަހު ވެސް ސެއުޓާ އަށް އެތެރެވާން މަސައްކަތް ކޮށްފަ އެވެ.
ލީބިޔާއިން 4000 އަށް ވުރެ ރެފިއުޖީން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅެނިކޮށް ހައްޔަރު
"ބައިނަލްއަގުވާމީ ކުޅިވަރުން އިޒްރޭލު ވަކިކުރަންޖެހޭ"
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް
ޒުވާން ޑިފެންޑަރު ކުޅުވަން ފްރާންސާއި ސްޕޭން ވާދަކުރަނީ
ސިނގިރޭޓު އެތެރެކުރި މައްސަލާގައި ތިން މީހަކަށް ދައުވާ
އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އަންހެނަކު ހޯދަނީ
ގަވާއިދާ ހިލާފް 83 ބިދޭސީއަކު އައްޑޫން ހިފަހައްޓައިފި
ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް
ވަގަށް 13 މިލިއަން ސިނގިރޭޓު ގެނައި ކުންފުނި ސިއްރު