Roadha Mihaaru
ދަރުބާރުގެ،އަމިއްލަ ފަރާތްތަކަށް ވެސް ދޫކުރަން ފަށައިފި

ދަރުބާރުގެ، އަމިއްލަ ފަރާތްތަކަށް ވެސް ދޫކުރަން ފަށައިފި

08 އޯގަސްޓް 2022

ބާވެ ދުވަސްވުމުގެ ސަބަބުން ތަޅައިލަން ނިންމި ދަރުބާރުގެ އަމިއްލަ ފަރާތްތަކަށް ވެސް ދޫކުރަން ފަށައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ބާވެ ދުވަސްވުމުގެ ސަބަބުން ތަޅައިލަން ނިންމި ދަރުބާރުގެ އަމިއްލަ ފަރާތްތަކަށް ވެސް ދޫކުރަން ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ދަރުބާރުގެ ރަސްމީކޮށް، އާންމު އުސޫލުން އަމިއްލަ ފަރާތްތަކަށް ދޫނުކުރާ ކަމަށެވެ.

އެކަމަކު، ދަރުބާރުގޭގައި ބައެއް ކައިވެނި ހަފުލާތައް ވެސް މިދިޔަ ދެތިން ހަފުތާގެ ތެރޭގައި ވަނީ ބާއްވައިފަ އެވެ.

އަކްރަމް ވިދާޅުވީ ކައިވެނި ހަފުލާތައް ބާއްވަން އެދި އާންމުން އެދުނަސް އެ ތަން ދޫކުރަނީ ބައެއް ފަހަރު ކަމަށާއި އެ ތަނުގައި އެއްޗެހި ވެސް ހަމަނުވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ދަރުބާރުގެ ދޫކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށް ކަމަށެވެ.

އަކްރަމް ވިދާޅުވިގޮތުގައި، ކުރީގެ ވެސް ނިންމުމާ އެއްގޮތަށް ދަރުބާރުގެ ފަހުން ތަޅައިލާނެ އެވެ.

ދަރުބާރުގެ އާންމުންނަށް ކުއްޔަށް ދިނުން ހުއްޓުނީ 2020 ގެ ކުރީކޮޅު ރާއްޖެ އަށް ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުން އެ ތަނުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަން ފެށުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ދަރުބާރުގެ ތަޅާލައި، އެ ތަނުގައި އާ އިމާރާތެއް އަޅަން ނިންމިކަން އިއުލާނުކޮށްފަ އެވެ.

މީގެ 32 އަހަރު ކުރިން 1990 ވަނަ އަހަރުގެ ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލައި އެ ތަނުގައި އާ އިމާރާތެއް އަޅަން މިދިޔަ އަހަރު ދަރުބާރުގެ ހުސްކުރިޔަސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް އަދިއެއް ނުކުރެ އެވެ.