31 ޖުލައި 2022
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ބްރިޖުގެ ބިންގާ ރަސްމީކޮށް ރައީސް އަޅުއްވައިދެއްވާ ގޮތަށް އޮތީ މާދަމާ އިންޑިއާއަށް ވަޑައިގެން ދެ ގައުމުގެ ދެމެދު ބާއްވާ ރަސްމީ ބައްދަލުވުންތަކުގެ ތެރޭގަ އެވެ. މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ ސާވޭ ނިންމައި، އިންޑިއާގެ އެފްކޮންސް އިން އަންނަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ތައްޔާރީތައް ވަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދު ތެރެއަށް މާލެ އާއި ވިލިމާލެ ގުޅާލުމެވެ.
މާލެ ސަރަހައްދު ގުޅާލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު މި ޕްރޮޖެކްޓަށް ދީފައިވެ އެވެ.
މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.
ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސްގެ މަގާމަށް މި ފަހުން ހުވާކުރެއްވި ޑްރޮޕަޑި މުރްމު އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރްއާ ރައީސް ބައްދަލުކުރައްވާނެ އެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެންފައިވެ އެވެ.
މި ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެން ބަދަހިވެ، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި 2019ގައި ރާއްޖެ ވަޑައިގެންފައިވެ އެވެ. އިންޑިއާ އިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އެހީ ފޯރުކޮށްދެމުން އަންނަ އިރު، އެ ގައުމާ އެކު އޮތް ގުޅުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ބިރެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ދަނީ އެކަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރަމުންނެވެ.
ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން އެފްކޮންސް އިން ބުނެފައިވާ ގޮތުގައި، މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފަށާނެ އެވެ.
ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލަން ނިންމާފައިވާ އިރު އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ
"ބްރިޖް އަވަސްކުރަން 26 މިލިއަން ދޭކަށް ނުވިސްނާ"
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ވިލިމާލޭގެ ބްރިޖު މަޝްރޫއުގައި ބުރާސްފަތީގައި ސޮއިކުރަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ