29 ޖުލައި 2022
އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އަލުން ވިހުރުވާލައިފި އެވެ.
އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އަލުން ވިހުރުވާލައިފި އެވެ.
އިނގިރޭސި ވިލާތުގައި ފެށި، ކޮމަންވެލްތު ގޭމްސް، ރަސްމީކޮށް ހުޅުވުމަށް، ބާމިންހަމްގެ އޮލިމްޕިކްސް ސްޓޭޑިއަމް، "ދަ އެލެގްޒެންޑާ" ގައި ކުރިއަށް ގެންދިޔަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ރަސްމީކޮށް ތަމްސީލު ކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފަތިމަތު ޖުމާނާ ނިމާލް އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވީ 2016 ގަ އެވެ. އޭގެ ފަހުން 2018 ގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ގޭމްސްގައި ބައިވެރިވުމުގެ ހައިސިއްޔަތު ރާއްޖެ އަށް ގެއްލުނެވެ. މީގެ ކުރިން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ ސްކޮޓްލެންޑްގައި 2014 ގައި ބޭއްވި ގޭމްސްގަ އެވެ.
ކޮމަންވެލްތުގެ މެންބަރުކަން އަލުން ރާއްޖެއިން ހޯދީ 2019 ގަ އެވެ. ހަމަ އެ އަހަރު ކޮމްނަވެލްތު ގޭމްސް ފެޑެރޭޝަންގެ މެންބަރުކަން ވެސް ރާއްޖެ އަށް ދިނެވެ.
ކޮމަންވެލްތު ގޭޟްސް ހުޅުވުމުގެ ރަސްމްިއްޔާތުގައި ރާއްޖޭގެ ޓީމު ބާމިންހަމްގެ ދަ އެލެގްޒެންޑާ ސްޓޭޑިއަމްގައި ރާއްޖެ ތަމްސީލު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ކޮމަންވެލްތުގެ ގައުމތަކާއި ޓްރިޓަރީތަކާއެކު ޖުމުލަ 72 ގައުމު ގޭމްސްގައި ވާދަކުރެ އެވެ.
އަޅުގަނޑުމެންގެ 72 ޤައުމާއި ސަރަޙައްދު ހުރިހާ ޓެރިޓަރީ އެއް މިތަނުގައި ރަމްޒުކުރާއިރު ބާމިންހަމް އަށް މިއީ ޝަރަފުވެރި ވަގުތެއް. ސަރަހައްދުން އަޅުގަނޑުމެންގެ އެތުލީޓުންނަށް ވާދަކުރެވޭނެ ފުރިހަމަ މާހައުލެއް ލިބިގެންދާނެ،” ކޮމަންވެލްތު ގޭމްސްގެ ލީޑާޝިޕާ ހަލާވުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސް ޑޭމް ލޫއީސް މާޓިން ވިދާޅުވި އެވެ.
ގޭމްސްގެ ކުޅިވަރު އިވެންޓްތައް މިއަދު ފަށާނެ އެވެ. ރާއްޖެއިން ވާދަކުރާ އިވެންްޓްތަކުގެ ތެރެއިން ޓީޓީ އަދި ބެޑްމިންޓަން ޓީމު އިވެންޓާއި ފެތުމުގެ އިވެންޓްތައް ހިމެނެ އެވެ.
ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ބީޗް ވޮލީބޯޅަ އެވެ.
ގޭމްސް ކުރިއަށް ދާނީ މި އަންނަ މަހު 8 ދުވަހުގެ ނިލޔަލަށެވެ. ކޮމަންވެލްތު ގޭމްސް އަށް ފަހު އެނބުރި ރާއްޖެ ނައިސް ދިވެހި ބައެއް ޓީމުތައް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރަން ތުރުކީ އަށް ދާނެ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ ތުރުކީގެ ކޮންޔާގައި އަންނަ މަހު 9-18 އަށެވެ.
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަކަށް ޖަވާ
ކޮމަންވެލްތު ގޭމްސް އިން ރާއްޖެއަށް އަލުން ފުރުސަތުދީފި
ދިވެހި ކުޅިވަރު އާއިލާއަށް ކޮމަންވެލްތުން ހިތްވަރުދީފި
ކޮމަންވެލްތުން ވަކިވުމުން އެތުލީޓުން މާޔޫސްވެފައި
ކޮމަންވެލްތު ގޭމްސް އިން ބެޑްމިންޓަން އުނިކޮށްފި
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
ކުޅިވަރު ޕްރޮޖެކްޓަށް ސީޖީއެފުން އެހީދޭނެކަމުގެ އިޝާރާތް
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!