Roadha Mihaaru
300 އަހަރުތެރޭ އެންމެ ބޮޑު ޖަވާހިރު އެންގޯލާއިން

300 އަހަރުތެރޭ ފެނުނު އެންމެ ބޮޑު ފިޔާތޮށި ޖަވާހިރު އެންގޯލާ އިން

28 ޖުލައި 2022

މިދިޔަ 300 އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ފިޔާތޮށި ޖަވާހިރު، ސެންޓްރަލް އެފްރިކާގެ އެންގޯލާ އިން ފެނިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މިދިޔަ 300 އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ފިޔާތޮށި ޖަވާހިރު، ސެންޓްރަލް އެފްރިކާގެ އެންގޯލާ އިން ފެނިއްޖެ އެވެ.

"ލޫލޯ ރޯސް"ގެ ނަން ދީފައިވާ އެ ޖަވާހިރު ފެނުނީ އެންގޯލާގައި އޮންނަ ލޫލާ އެލޫވޯ ޖަވާހިރު މައިންގެ ތެރެއިންނެވެ.

މިއީ 170 ކެރެޓުގެ ޖަވާހިރެކެވެ. ޖަވާހިރު ވިޔަފާރީގައި އުޅޭ މީހުން ބުނާ ގޮތުން މީގެ އަގު ވަރަށް މައްޗަށް ދާނެ އެވެ. އާންމުކޮށް ނުފެންނަ ފިޔާތޮށި ޖަވާހިރުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އެރުން އެކަށީގެންވާ ކަމަށް މާހިރުން ބުނެ އެވެ.

ފިޔާތޮށި ޖަވާހިރުގެ އިތުރުން ވެސް އެންގޯލާގެ ލޫލާ އެލޫވޯ މައިނަކީ ބޮޑެތި ޖަވާހިރުތައް ފެނިފައިވާ ތަނެކެވެ. އޭގެތެރޭގައި އެ ގައުމުން ފެނުނު އެންމެ ބޮޑެތި ހުދު ޖަވާހިރުތައް ފެނިފައިވަނީ އެ މައިނުންނެވެ.

އޭގެތެރޭގައި، 2019 ވަނަ އަހަރު ފެނުނު 404 ކެރެޓުގެ ހުދު ޖަވާހިރެއް ހިމެނެ އެވެ.