ރާއްޖޭގެ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
27 ޖުލައި 2022
ރާއްޖޭގެ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ޔޯޯގާ ހެދުމާ ގުޅިގެން ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ "ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި" ކަމަށެވެ.
އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ، އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ސިއްހީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ ކަސްރަތެއް ކަމަށެވެ. އެކަމަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ޔޯގާ ހުއްދަ ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ސިޔާސީ ބޭފުޅުން ދީނީ ކަންކަމާ ގުޅިގެން ވާހަކަ ދައްކަވާތީ އާންމުންނާއި ބައެއް އިލްމުވެރިން ވެސް އެކަމުގެ ނުރުހުން ފާޅުކުރަމުންދަނިކޮށް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ،" ނާޒިމްގެ ޓްވީޓުގައިވެ އެވެ.
މިދިޔަ މަހުގެ 21 ގައި ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ވެސް ވަނީ ޔޯގާ އިވެންޓެއް ބާއްވައިފަ އެވެ. ހަމަނުޖެހުން ބޮޑުވި އެ ހަރަކާތަށް މަސް ދުވަސް ފާއިތުވިޔަސް މިހާތަނަށް ފަތުވާ މަޖިލީހުން އެކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.
ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ.
— Col(rtd)Mohamed Nazim MP (@nazim7878) July 27, 2022
ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ.
ޔޯގާ ހެދުމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިން ނެރުނު ރިޕޯޓުގައި ބުނީ ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން އެނގެނީ އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެކަން ރާއްޖޭގައި ހުއްޓުވަން ޖެހޭ ކަމަށެވެ.
ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ ޝޭހުން ފަތުވާ ވެސް ވަނީ ނެރެފަ އެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި އިންޑިއާ ހައި ކޮމިޝަނާއި ސަރުކާރު ގުޅިގެން ޔޯގާ ހަރަކާތެއް ބޭއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ދުވަހުގެ ހަރަކާތް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ދޫކޮށްލައިފަ އެވެ.
އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުން ހުއްދަ:ފަތުވާ
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ދީނުގެ ހަރުކަށި ވާހަކަ އިން ނުރައްކާ ބޮޑު: މުފްތީ
ފަތުވާތައް ފިތުނައަށް ވެގެން ނުވާނެ: މިނިސްޓަރު ޒިޔާދު
އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އިދާރާ ހުޅުވައިފި
ނޯޓިސް ދިން ފަސް މެންބަރުން މާލީ ބަޔާން ހުށަހަޅައިފި
މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް ނޯޓިސްދީފި
އަދުލުވެރިކަމާއި ނަޒާހަތްތެރިކަމުގައި ރަސޫލާގެ ނަމޫނާ