27 ޖުލައި 2022
ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް އަދި ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް އަދި ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ޔޯގާއަކީ ކުފުރުގެ އަމަލެއް ކަމަށާއި އެހެންވެ، އެކަން ހުއްޓުވަން އަދާލަތު ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކޮށްފައި ވާތީ "މިހާރު" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މައުމޫން ވިދާޅުވީ، ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެއީ ހަރާން ކަމެއް ނޫން ކަމަށެވެ.
"ބައެއް މީހުން ބުނޭ އޭގައި [ޔޯގާ ހެދުމުގައި] އިރަށް އަޅުކަން ކުރުން ފަދަ ކަންކަން ކުރާ ކަމަށް. އިރަށް ކުރިމަތިލައިގެން ތިބެ ކަންތައްތަކެއް ކުރާ ވާހަކަ. އެ ކަހަލަ ކަމެއް ނެތިއްޔާ މައްސަލައެއް ނޫން އެއީ. ތިމާގެ ސިއްހީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަސްރަތުތަކެއް އެއީ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ޔޯގޯ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުމެވެ.
"ހަރާން ވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ޔޯގާ ވިޔަސް އަދި އެހެން ހަރަކާތެއްގައި ވެސް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ ތަސައްވުރު ނުވަތަ ހިޔާލު ގެންގުޅޭ ނަމަ އެކަން ވާނީ ޝިރުކަށް ކަމަށެވެ.
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން މާލޭގައި ސަރުކާރު ވެސް ގުޅިގެން ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެ، އެއާ ދެކޮޅަށް ވަނީ ތެދުވެފަ އެވެ. އަދި އެ ދުވަހު އެ ހަރަކާތައް ހުރަސްއެޅި ބައެއް އިލްމުވެރިން އަދިވެސް ތިބީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލަ އިތުރަށް ހޫނުވެ، ބަހުސް ގަދަވީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން ނެރުނު އިލްމީ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ޖުމުލަ ގޮތެއްގައި ބުނީ، ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން، އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންވެ، އެ ކަން ރާއްޖޭގައި ހުއްޓުވަން އެ ރިޕޯޓުގައި އަދާލަތުން އޮތީ ބާރު އަޅައިފަ އެވެ.
އެންމެ މާތް އަޅުކަމަކީ މާތް اللهއަށް ޝުކުރުވެރިވުން
ހަރާމް ވާނީ ހަމައެކަނި ﷲ ހަރާމް ކުރެއްވި ކަންތައްތައް
ރަމަޟާން މަސް، ބަރަކާތާއި ރަހުމަތުން ފުރިފައި
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
ޔޯގާ ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި
ޔޯގާއަކީ ކުފުރެއް، އެކަން ހުއްޓުވައިދޭން އަދާލަތުން އެދިއްޖެ
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
އެމްޑީއެން އުވާލުމަކީ ބޮޑު ހިތްހަމަ ޖެހުމެއް: މައުމޫން
ދީނަށް ފުރައްސާރަ ކުރުމާ ގިނަ ބަޔަކު ފާޅުގައި ދެކޮޅު!
އެހެން ދީންތަކުގެ މީހުންނަށް ވެސް އިހްތިރާމް ކުރަންޖެހޭ