23 ޖުލައި 2022
ދީފައިވާ ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
ދީފައިވާ ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ހުއްދަ ދީފައިވާ މިންގަނޑުތަކާއި އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ބައެއް ޕްރޮގްރާމްތައް ހިންގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތުން، އީ- ލާނިން ޑެލިވަރީ މޮޑަލިޓީ ނުވަތަ އޮންލައިންކޮށް ކިޔެވުމަށް ހުއްދަ ނުދޭ ކޯސްތައް އެ ގޮތަށް އިޝްތިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.
އެއީ، އެމްކިއުއޭގެ އިއުލާނުގައިވާ ގޮތުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފު ކަމެކެވެ.
އެ ގޮތަށް ހިންގާ ޕްރޮގްރާމްތައް ބަލައި ނުގަންނާނެ ކަމަށް ވެސް ބުންޏެވެ.
ކޮވިޑު-19 އާ ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމުގެ ހުއްދަ އެމްކިއުއޭއިން ދިނެވެ. ނަމަވެސް އާއްމު ހާލަތަށް ރުޖޫއުވެގެން ދިޔަ ނަމަވެސް ބައެއް ކޮލެޖު/ޔުނިވާސިޓީތަކުން އެ ތަންތަނަށް ގެންދިއުމުގެ ބަދަލުގައި އަދި ވެސް ކިޔަވައިދެނީ އޮންލައިންކޮށެވެ.
"މި ފަދަ އަމަލުތައް މި އޮތޯރިޓީއަށް ފާހަގަކުރެވުމުން މި އޮތޯރިޓީން އެ މައްސަލަ ބަލައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ،" އެމްކިއުއޭއިން ބުންޏެވެ.
މަތީ ތައުލީމް ހާސިލްކުރުމަށްފަހު ވަޒީފާއަކަށް ކުރިމަތިލާއިރު އެ ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކުރުމަށް އެމްކިއުއޭއަށް ފޮނުވަން ޖެހެ އެވެ.
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ