13 ފެބުރުއަރީ 2023
ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނިންމި މައްސަލާގައި، ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި އެކަމަކު ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނިންމި މައްސަލާގައި، ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި އެކަމަކު ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ. އެކަމަކު ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން ނިންމި އެވެ.
އެހެން ނަމަވެސް އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަން އެންގި އެވެ. އެކަމަކު ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭ އިން އެކަމަށް ދެކޮޅު ހެދި އެވެ.
އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލު ކުރުމުގެ އުސޫލު އޮންނަ ގޮތުން އެ ކޯހުގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެކަމަކު ބަލަންވާ މިންވަރަށް ނުބަލާ، ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އަންގާފައިވާތީ ޖެނުއަރީ، 2018 އާ ހަމައަށް އެ މީހުން ކޯހުގައި ކިޔަވަން ކުރި ހަރަދާއި އަދި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ގެއްލުމުގެ ބަދަލަށް އެކަކުގެ ފަރާތުން 23 މިލިއަން ރުފިޔާ އަދި ބާކީ ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ފަރާތުން 16 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުނުވާތީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.
އެމްކިއުއޭއިން ބުނެފައިވަނީ އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އެންގީ ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި ކަމަށެވެ. އޭރު އެތަނަކީ ފިލިޕީންސްގެ ސަރުކާރުން ވެސް ގަބޫލު ނުކުރާ ކޯހެއް ކަމަށް އެމްކިއުއޭއިން ބުނެފައިވެ އެވެ.
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
އެމްކިއުއޭ ގަބޫލުނުކުރާ ސެޓްފިކެޓް ހޯދާ މައްސަލަ ބޮޑު
ޕީއެޗްޑީ ގަބޫލު ނުކުރުމުން ކޯޓުގައި ދައުވާކޮށްފި
"ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާން"
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި