19 ޖުލައި 2022
އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި، މިއަދުގެ ފުރަތަމަ ރަން މެޑަލް ބޮޑީ ބިލްޑިން ލެޖެންޑް މުހައްމަދު މޫސާ (މޯޑް) ރާއްޖެ އަށް ހޯދައި ދީފި އެވެ.
އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި، މިއަދުގެ ފުރަތަމަ ރަން މެޑަލް ބޮޑީ ބިލްޑިން ލެޖެންޑް މުހައްމަދު މޫސާ (މޯޑް) ރާއްޖެ އަށް ހޯދައި ދީފި އެވެ.
މިއަދު ބޭއްވި ބޮޑީ ބިލްޑިން އަޕް ޓް 55 ކެޓަގަރީގައި ވާދަކޮށް މޯޑް ވަނީ އިންޑިއާ، ވިއެޓްނާމް، މިޔަންމާ އަދި އިރާގްގެ އެތުލީޓުން ފަހަތަށް ޖައްސައިލައިފަ އެވެ. މޯޑް ވަނީ މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.
ކ. މާފުށީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވަނި، މިހާތަނަށް ދެ ރަން މެޑަލް ހޯދައިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން އޭނާ ރަން މެޑަލް ހޯދީ ގެ ފައިނަލުގައި އިންޑީއާ އާއި ޕާކިސްތާންގެ އެތުލީޓުން ފަހަތައް ޖައްސާލުމަށް ފަހު އެވެ.
އަޒްނީންގެ ރަން މެޑައްޔާއެކު އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެ އިން ފުރަތަމަ ރަން މެޑަލް ހޯދީ ދެކުނު ކޮރެއާގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ކުރީގެ ބޮޑީ ބިލްޑާ ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ރަން މެޑަލް ހޯދި އެވެ.
އޭޝިއަން ޗެމްޕިއަންޝިޕުން އަހުސަނަށް ވެސް ރަން މެޑަލް
އޭޝިއަން ޗެމްޕިއަންޝިޕުން އަޒުނީނަށް ރަން މެޑަލް
އޭޝިއާގެ މުބާރާތުން އަޒުނީނާއި ޔާންބެ އަށް ރަން މެޑަލް
ރީތި ހަށިގަނޑެއް ހޯދަން އަޒުނީންގެ ނުގުޑި އަޒުމް
ބޮޑީ ބިލްޑިން: ރާއްޖޭގެ އަޒުނީނަށް ރަން މެޑަލް
ތާލިބާނުން އަފްޣާންގެ އެތުލީޓުން ރާއްޖެއަށް ނުފޮނުވި!
ބޮޑީބިލްޑިން މުބާރާތް، މާފުއްޓަށް އަނެއްކާވެސް އީދެއް
ބޮޑީބިލްޑިން މުބާރާތް ރައީސް އިފްތިތާހު ކޮށްދެއްވައިފި
ރަން މެޑައްޔަށް އަމާޒުކޮށް ބޮޑީބިލްޑިން ޓީމު މާފުއްޓަށް
ބޮޑީބިލްޑިން މުބާރާތް ފެށުމަށް ރައީސް މާފުއްޓަށް