Roadha Mihaaru
ބޮޑީ ބިލްޑިން: ރާއްޖޭގެ އަޒުނީނަށް ރަން މެޑަލް

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަން މެޑަލް ހޯދައިފި

17 ޖުލައި 2022

ރާއްޖޭގައި މިއަދު ފެށި އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަޝާދު ރަންމެޑަލް މިރޭ ހޯދައިފި އެވެ.

ހުސެއިން ހަބީބް ކ. މާފުށިން ހުސެއިން ހަބީބް

ރާއްޖޭގައި މިއަދު ފެށި އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަޝާދު ރަންމެޑަލް މިރޭ ހޯދައިފި އެވެ.

ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގެ ފައިނަލުގައި އަޒްނީންއާ ވާދަކުރީ އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުންނެވެ. އަޒްނީން ރަންމެޑަލް ހޯދީ އެ ދެ އެތުލީޓުން ފަހަތަށް ޖައްސާލައިފަ އެވެ.

މިއީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެ އިން ހޯދި ދެވަނަ ރަން މެޑަލެވެ. އެންމެ ފުރަތަމަ ރަންމެޑަލް ރާއްޖެ އިން ހޯދީ 2017 ގަ އެވެ.

ރާއްޖޭގެ މުހައްމަދު އިމްރާހް ވެސް މިރޭ ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕް ޓު 175 ސީއެމުން ފަސްވަނަ ހޯދައިފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ހަތް އެތުލީޓުން ފަސް އިވެންޓެއްގައި ވާދަ ކުރި އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގައި އަޒްނީންގެ އިތުރުން އަހްމަދު ނައީމާއި އިބްރާހިމް ހަމްދާން ވެސް ވާދަ ކުރި އެވެ.

ސްޕޯޓް ފިޒިކް އަޕް ޓް 180 ސީއެމްގައި ރާއްޖޭގެ ރާއްޖެގެ ލިޔާއު ވަހީދު ވާދަ ކުރި އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި މުހައްމަދު ރަޝީދު (ރަޗޭ) ވަނީ މާސްޓާސް ކެޓަގަރީގައި ވާދަކޮށްފަ އެވެ.

އަޒްނީންގެ ރަން މެޑައްޔާއެކު އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ. އަޒްނީން ވަނީ މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދައިފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އުޒްބެކިސްތާންގައި ބޭއްވި މުބާރާތުގެ ފިޒިކް ސްޕޯޓްސް 175 ސީއެމް ކެޓަގަރީން އޭނާ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.