02 ޖެނުއަރީ 2017
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް އައިޖީއެމްއެޗްގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް އައިޖީއެމްއެޗްގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގައި މި ހިދުމަތް ދޭނީ އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ. އެ ފަރުވާ އަށް ހާއްސަކޮށް "ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި ވަނީ ހާއްސަ ސެންޓަރެއް ވެސް މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު ހުޅުވައިފަ އެވެ. ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ އިތުރުން ކިޑްނީގެ ބޮޑެތި ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް އެ ސެންޓަރުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭނީ، ދެ ޝިފްޓަކަށް ބަހާލައިގެން ދުވާލަކު 20 މީހުންނަށް ކަމަށެވެ. އެ ކަމަށް ފަރުވާ ހޯދަން މިހާރު ވެސް 200 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސެންޓަރުގައި ފަރުވާ ދެނީ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ.
މައުސޫމް ވިދާޅުވީ ދަރިމައިވުމުގެ ފަރުވާ އާސަންދަ އިން ކަވަރު ނުކުރާނެ ކަމަށާއި އެކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ފަދަ ހިދުމަތްތަކަކީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި އިންޝުއަރެންސް ލިބޭ ހިދުމަތެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާ ހޯދަން ގިނަ ބަޔަކު ބޭނުންވެފައި އެބަ ތިބި ކަމަށާއި އެ ހިދުމަތް ތައާރަފް ކުރުމުން އައިޖީއެމްއެޗަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު ގާއިމް ކުރީ ހަމައެކަނި ޑޮކްޓަރަށް ދައްކާލާފައި ނިންމާ ގޮތަށް ނޫން ކަމަށާއި ބަލިމީހާ އަށް އިތުރަށް ފަރުވާ ބޭނުންވާ ނަމަ އޭގެ ހުރިހާ މައުލޫމާތެއް ދޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އާދައިގެ ގޮތަކަށް ހިދުމަތް ދޭން ފެށި ކަމުގައި ވިއަސް ކުރިމަގުގައި މި ސެންޓަރުން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރާނަން،" މައުސޫމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗުން ވަނީ ބޮޑެތި ބަދަލުތަކެއް ފެނިފަ އެވެ. އޭގެ ތެރޭގައި އެ ތަނުގެ މަރާމާތުގެ މަސައްކަތްތަކާއި އާ ހިދުމަތްތައް ތައާރަފް ކުރުން ހިމެނެ އެވެ.
އައިޖީއެމްއެޗުގެ އާ ސެންޓަރަށް 8.5 މިލިޔަން ރުފިޔާ
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ކިޑްނީ ތޮރުފައިގެން ހިލަ ނަގާ ސާޖަރީ އައިޖީއެމްއެޗުގައި
ސުވާލާއި ޖަވާބު: ކިޑްނީ ބަލި
އިންޑިއާ އިން އައި ފަސް މީހަކު އައިޖީއެމްއެޗުގައި
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
އައިޖީއެމްއެޗުގައި ކިޑްނީން ހިލަ ގޮއްވަން ފަށައިފި
އައިޖީއެމްއެޗުގެ އާ ހިދުމަތްތައް ތައާރަފުކޮށްފި
އާ ފަރުވާތަކަކާ އެކު އަައިޖީއެމްއެޗަށް ބޮޑު ބަދަލެއް
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް