11 ޖުލައި 2022
ޓީސީ ސްޕޯޓްސް 1-0 ން ބަލިވެ، ކްލަބް އީގަލްސް އަށް، މާޒިޔާ އާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ޓީސީ ސްޕޯޓްސް 1-0 ން ބަލިވެ، ކްލަބް އީގަލްސް އަށް، މާޒިޔާ އާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
މިއަދުގެ މެޗުން އީގަލްސް މޮޅުވިނަމަ، އެ ޓީމަށް އެއްވަނައިގައި އޮތް މާޒިޔާ އާ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކުރެވުނީހެވެ. މާދަމާ ރޭ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ.
ޓީސީ ވަނީ މެޗުން މޮޅުވެ، ތިންވަނައިގައި އިތުރަށް ހަމަޖެހިލައިފަ އެވެ. މިހާރު އެ ޓީމުން ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވެސް ޓީސީގެ މައްޗަށް އީގަލްސް ވަނީ މޮޅުވެފަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޓީސީ ކުރި ހޯދީ އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 22 ވަނަ މިނެޓްގައި، ޓީސީގެ އުމަރު ސަލާހް އޭރިއާ ތެރެ އަށް ވަދެފައި އޭނާ މަސައްކަތް ކުރީ ގޯލް ކުރިމަތީގައި ޓީސީގެ އެހެން ކުޅުންތެރިޔެއް ހުރުމުން، ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށް ދިނުމަށެވެ. އެކަމަކު ސަލާހް ހުރަސް ކުރި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނޫމާން އަތުން ބައިކޮޅަށް ވަނީ ގޯލްގެ ތެރެއަށެވެ.
އެ ފުރުސަތު ތަނަވަސް ކުރަން ސަލާހް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އީގަލްސްގެ ޑިފެންޑަރުން ކައިރިން ތިން ފަހަރެއްގެ މަތިން އޭނާ ބޯޅަ ނައްޓައިވެސް ލި އެވެ. އަދި އޭގެ ކުރިން އެ ބޯޅައިގެ ބިލްޑްއަޕްގައި ވެސް އޭނާ ހިއްސާވި އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޓީސީން ގޯލުތަކެއް ޖެހިއަސް އީގަލްސް ޕޮއިންޓެއް ހޯދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ އާއި އީގަލްސް މޮޅުވެ ގަދަހަތަރެއްގެ ވާދަ ފޯރިގަދަ
ޓީސީ ބަލިކޮށް އީގަލްސް އެއްވަނަ އަށް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!