Roadha Mihaaru

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ހިންނަވަރުގައި 100 ފްލެޓް އަޅަން ހަވާލުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

07 ޖުލައި 2022

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުއަށް ހަރަދުކުރާނީ ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 83.8 މިލިއަން ރުފިޔާއަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނެނީ 1000 އަކަފޫޓުގެ 50 ރޯ ހައުސް އާއި 700 އަކަ ފޫޓުގެ 50 ރޯ ހައުސް އެވެ. ދެބައި ކުޅަ އެއްބައި ރޯ ހައުސް ހަދަނީ ދެ ބުރިއަށެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ހިމެނޭނެ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށާ ފާރާއި އެތަނުައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ޔުނިޓްތައް ވަށައިގެން އަލިކޮށް، މައިޒާނަކާއި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ އެވެ.