ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބަލިވެއިން ވާހަކަ އިއުލާންކުރުމާ އެކު ބައެއް މީޑިއާތަކުން ފެތުރި ޚަބަރުތަކާ ގުޅިގެން އާލިއާ ރުޅިގަދަވެއްޖެ އެވެ.
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބަލިވެއިން ވާހަކަ އިއުލާންކުރުމާ އެކު ބައެއް މީޑިއާތަކުން ފެތުރި ޚަބަރުތަކާ ގުޅިގެން އާލިއާ ރުޅިގަދަވެއްޖެ އެވެ.
އާލިއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ހިއްސާކުރި ޕޯސްޓުގައި ވަނީ މީޑިއާއަކުން އޭނާއާ ގުޅިގެން ލިޔެފައިވާ ޕޯސްޓެއް އާންމުކޮށްފަ އެވެ.
އާލިއާ ބަލިވެ އިންކަން އިއުލާންކުރީ އެމެރިކާގައި ފިލްމެއްގެ ޝޫޓިންގައި އުޅެމުންނެވެ. އޭގައިވާ ގޮތުން، ހޮލީވުޑްގެ މަސައްކަތް ޖުލައި މެދު ތެރޭގައި ނިމުމާ އެކު އެމެރިކާ އަށް އޭނާ ބަލައި ދާނީ ރަންބީރެވެ.
އިންޑިއާ އަށް އަނބުރާ ދިއުމަށް ފަހު ވިިހެއުމާ ހަމަ އަށް އާލިއާ ރެސްޓް ކުރާނެ ކަމަށާއި އޭނާގެ ފިލްމެއްގެ މަސައްކަތް ވެސް ލަސްވެދާނެ ކަމަށް އެ ޕޯސްޓުގައިވެ އެވެ.
އެހެންވެ އާލިއާ ބުނެފައި ވަނީ އެއްވެސް މީހަކަށް އޭނާ ބަލާ ދާން ނުޖެހޭ ކަމަށެވެ. އަދި އޭނާ އަކީ އަންހެނެއް ކަމަށާއި ޕާރުސަލެއް ނޫން ކަމަށް ބުންޏެވެ.
އެ މީހުންގެ އަތުގައި ޑޮކްޓަރުގެ ސެޓްފިކެޓެއް އޮތީތޯ ބުނެ އެކަމަށް ސަމާސާކޮށް، އާލިއާ ބުނީ އޭނާ އަށް ރެސްޓްކުރަން އަދި ނުޖެހޭ ކަމަށެވެ.
މިއީ 2022 ކަމަށާއި ކުރީ ޒަމާނުގެ ވިސްނުންތަކުން ދުރުވާން ޖެހޭ ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ބުނެފައިވާ ގޮތުގައި ބަލިވެއިން ނަމަވެސް އޭނާގެ އެއްވެސް ފިލްމީ މަސައްކަތެއް ވެސް ފަހެއް ނުވެ އެވެ.
މީގެ ތިން އަހަރު ކުރިން ރައްޓެހިވެގެން އުޅުމަށް ފަހު ރަންބީރާއި އާލިއާ ކައިވެނިކުރިއިރު، އެމީހުން ކައިވެނީގެ ކުރީކޮޅު ދަރިއަކު ހޯދާނެ ކަމަށް ސަޕޯޓަރުން ހިތަކަށް ވެސް ނާރަ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ކައިވެނީގެ ފުރަތަމަ އަހަރު ދަރިން ހޯދުމަށް ވުރެ އެމީހުންގެ ފިލްމީ މަސައްކަތްތަކަށް ފޯކަސްކުރެ އެވެ.
އެކަމަކު އާލިއާ ބަލިވެއިން ޚަބަރު އިއުލާންކުރުމުން ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފަ އެވެ.
ރަންބީރު ދަރިފުޅަށް އެއްޗެހި ގަންނަން ފަށައިފި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
އާލިއާއަށް ކިޝޯރް ކުމާރް ނޭނގޭ: ރަންބީރް
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް
އެންމެ މުއްސަނދި ސްޓާކިޑްއަކަށް ރަހާ
ފިލްމްފެއާ އެވޯޑުގައި ރަންބީރާއި އާލިއާ ވިދާލައިފި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
އާލިއާ އާއި ރަންބީރުގެ ދަރިފުޅު މީޑިއާއަށް ދައްކާލައިފި