27 ޖޫން 2022
ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި މި ފަހުން ފޮޓޯތަކާއި ވީޑިއޯ ނަގައި ބްލެކްކުރަމުން ދިޔަ މައްސަލަތަކުގައި 43 މީހުން ހިމެނޭ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މިއަދު ކުރައްވައިފި އެވެ.
ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި މި ފަހުން ފޮޓޯތަކާއި ވީޑިއޯ ނަގައި ބްލެކްކުރަމުން ދިޔަ މައްސަލަތަކުގައި 43 މީހުން ހިމެނޭ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މިއަދު ކުރައްވައިފި އެވެ.
އެކަމަކު، ބްލެކްމެއިލް ރިންގެއް ހިންގާ ކަމުގެ ތުހުމަތު، ފުލުހުން ދޮގުކުރި އެވެ. އެފަދަ ކަމެއް ފުލުހުންގެ ތެރޭގައި ހިންގާ ކަމެއް މިހާތަނަށް ތަހުގީގަކުން އެނގެން ނެތް ކަމަށް ފުލުހުންގެ ތަރުޖަމާން، ޔޫނުސް ސޮބާހް "މިހާރު" އަށް ވިދާޅުވި އެވެ.
ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށް ތުހުމަތުވާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމުން ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު ތަފްސީލެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.
އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަންހެނާއި ފިރިހެނަކާ އެކު އޮއްވައި ބަރަހަނާ ފޮޓޯއެއް ވަނީ ލީކުކޮށްލައިފަ އެވެ.
މި މައްސަލަތަކުގައި އިއްޔެ ވެސް ފުލުހުންނަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭގެ ފަހުން އެމްޑީޕީގެ ރަސްމީ ގްރޫޕެއްގައި މިއަދު ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުންގެ ތެރޭގައި ބްލެއިކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރު ވެއްޖެ ކަމަށެވެ.
".. 43 މީހުންގެ ފޮޓޯ ނަގާފައި އެބަހުރި. މިއީ ސަރުކާރު ހިނގާ ގޮތަކީ،" ފުލުހުންނަށް ނުރުހުން ފާޅުކުރައްވައި ސަރުކާރަށް ވެސް ފާޑުވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ހިންގަނީ ބްލެކްމެއިލްކޮށްގެން ނުވަތަ ލާރި ދީ ގަނެގެންނެވެ.
ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ބްލެމެއިލްކުރި މައްސަލަތަކަކާ ގުޅޭ ތަހުގީގު ކުރިއަށްދާ އިރު ބްލެކްމެއިލް ރިންގެއް ފުލުހުންގެ ތެރޭގައި ހިންގާ ކަމުގެ ތުހުމަތެއް ތަހުގީގަށް އެއްވެސް ވަރަކަށް ފާހަގަވެފައި ނުވާ ކަމަށެވެ. އެފަދަ ތުހުމަތެއް އޮތް ނަމަ، ހުށަހަޅައި ބެލޭނެ އިންތިޒާމްތަކެއް ފުލުހުންގެ ތެރޭގައި އޮންނަ ކަން ޔޫނުސް ފާހަގަކުރެއްވި އެވެ.
މިފަދަ ތުހުމަތުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހާޒިރުކޮށް ފުލުހުން ޖަވާބުދާރީ ވެސް ކުރުވެ އެވެ.
ނަޝީދު އިއްޔެ ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެވުނު ކަމަށް ވިދާޅުވެ ވެސް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ނާޒިމް "ކަތިލީ" އެމަނިކުފާނު ގުޑުވާލުމަށެވެ. އެކަމަކު އެކަމެއް ނުކުރެއްވޭނެ ކަމަށާއި މަޖިލިސް މެމްބަރުން ވެސް ހަވަރަށް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ، މެމްބަރަކު އެއްވެސް މައްސަލައެއްގައި ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދޭން އެދި ފުލުސް އޮފީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
"މޮނިކޮން ޓެގު" ހުސްވެއްޖެ
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
ހަމަލާގެ ތަހުގީގަށް އިލްޔާސް ލަބީބް ބަޔާން ދެއްވައިފި
ނަޝީދަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
ބިލްތަކުގެ މަޝްވަރާ އަތޮޅުތަކުގައި ބާއްވަނީ
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު
"ވައްކަން "ކުރި" ފުލުހުން ސަސްޕެންޑް ކުރަން ޖެހޭ"