Roadha Mihaaru
ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވަނީ

އުފާވެރި މަންޒަރެއް، ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވަނީ

22 ޖޫން 2022

ކޮވިޑް19 އާ ގުޅިގެން އާންމުންގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖޫބުރުވި އެވެ. ދިރިއުޅުމުގެ އާދަތަކަށް ގެނައި ބަދަލުތަކުގައި އެކި ބޭނުންތަކުގައި މުއާމަލާތްކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރަން ޖެހުނެވެ. މިއާ އެކު ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ދިވެހިން ކުރަން ޖެހުނު ވަރު އެތައް ގުނައަކުން އިތުރުވި އެވެ. އޮފީސްތައް ހިންގުމުގަ އާއި ސްކޫލުތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުން "އޮންލައިން" ވެގެންދިޔަ އެވެ.

ކޮވިޑް19 އާ ގުޅިގެން އާންމުންގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖޫބުރުވި އެވެ. ދިރިއުޅުމުގެ އާދަތަކަށް ގެނައި ބަދަލުތަކުގައި އެކި ބޭނުންތަކުގައި މުއާމަލާތްކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރަން ޖެހުނެވެ. މިއާ އެކު ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ދިވެހިން ކުރަން ޖެހުނު ވަރު އެތައް ގުނައަކުން އިތުރުވި އެވެ. އޮފީސްތައް ހިންގުމުގަ އާއި ސްކޫލުތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުން "އޮންލައިން" ވެގެންދިޔަ އެވެ.

ކަންމަތީ ފިހާރަތައް ވެސް ހިންގީ ވައިބާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި ތަކެތި ގަނެ އުޅުނީ ނަގުދު ފައިސާގެ ބަދަލުގައި ބޭންކުން އޮންލައިން ޓްރާންސްފާ ކޮށްގެންނެވެ. މި ބަދަލާ އެކު، އިންޓަނެޓު ވެބްސައިޓުތަކާއި، ފޭސްބުކާއި، އިންސްޓަގްރާމް، އަދި ވައިބާ ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ އެހީގައި ވިޔަފާރި ކުރުމުގެ ވައްޓަފާޅި އަށް ދިވެހިން ފަރިތަވި އެވެ. ކޮވިޑު ދުވަސްވަރު ލިބުނު ތަޖުރިބާއިން، ރާއްޖެ އަށް ވެސް ޑިޖިޓަލް އިގްތިސޯދެއްގެ މުހިންމުކަން ވަނީ އިހުސާސްކުރެވިފަ އެވެ.

ވޯލްޑް ބޭންކުން މި އަހަރު ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 60 ޕަސެންޓު މީހުން އިންޓަނެޓު ބޭނުންކުރެ އެވެ. މި އަދަދު، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. ދިވެހިންނަކީ މިހާރު ޑިޖިޓަލް ދުނިޔެ އަށް ލޯ ހުޅުވިފައިވާ ބައެކެވެ. މިއަދު ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮވެ އެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް އިންޓަނެޓާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ފަރިތަ އެވެ. ޒުވާނުންގެ މެދުގައި ޓިކްޓޮކާއި، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމުތައް މަގުބޫލުވެފައި ވާއިރު، ދޮށީ އުމުރުފުރައިގެ މީހުންގެ މެދުގައި މަގުބޫލުވެފައި ވަނީ ވައިބާ އާއި ފޭސްބުކެވެ.

ދިވެހިން ޑިޖިޓަލް ދިރިއުޅުމަކަށް ހޭނެމުން ދާއިރު، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ޑިޖިޓަލް އިގްތިސޯދެއް އޮތުން މުހިންމެވެ. ރާއްޖޭގެ އެކި ރަށްރަށުން ކޮންމެ ކަމަކަށް މާލެ އަށް އައުމުގެ ސަގާފަތް ދޫކުރެވޭނީ ރާއްޖޭގެ އިގްތިސޯދު ވެސް ޑިޖިޓަލް ކުރެވިގެންނެވެ. ރަށްރަށުގެ އިގްތިސޯދު އިތުރަށް ބާރުވެރިވެ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށާއި ދެމެދު އޮންނަ އިގްތިސޯދީ ފަރަގު ކުޑަކުރެވޭނީ އޭރުންނެވެ. ދެހާސް އެކާވީސް ވަނަ އަހަރު އިންޓަނެޓުގެ އަގު ހެޔޮވުމުން ޑިޖިޓަލް ދުނިޔޭގައި ދިވެހިން ކުރަމުން އައި ދަތުރު މި ވަނީ އިތުރަށް ފަސޭހަވެފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ކުޅަދާނަ ޒުވާނުން ވަނީ ތަފާތު އެކި ހިދުމަތްތަކަށް ހާއްސަ ކުރެވިފައިވާ އެކިއެކި ޑިޖިޓަލް އެޕްލިކޭޝަންތައް ރާއްޖޭގެ މާކެޓަށް ވަނީ ނެރެފަ އެވެ.

ރާއްޖޭގެ މާލީ ދާއިރާގައި ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރާ ވަރު އިތުރުވެ، އާންމުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތްތައް ފަހި ކުރުމަށް ގިނަ އެލްލިކޭޝަންތަކެއް މެދުވެރިކޮށް އަންނަނީ ހިދުމަތްތައް ދެމުންނެވެ. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ހިންގާ ކުންފުނިން ވަނީ ވިޔަނަ އިލެކްޓްރޯނިކް ޕްލެޓްފޯމް އުފައްދައިފަ އެވެ. މިއީ ކެޕިޓަލް މާކެޓަށް ތައާރަފު ކޮށްފައިވާ އޯލްޓަނެޓިވް ފައިނޭންސިން މާކެޓެއް ހިންގުމަށް ފާރުމާ ކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕްރައިވެޓް ސެކިއުރިޓީޒް މާކެޓު ނުވަތަ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ދަރަނީގެ ބާވަތްތައް ރެގިއުލޭޓަޑް ފްރޭމްވާކެއްގެ ތެރެއިން ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕްލެޓްފޯމް ވެގެންދާނީ އެ ފަރާތްތަކުގެ އިންވެސްޓްމަންޓުތަކަށް ފަންޑު ހޯދުމަށް ހުޅުވާލެވި ގެންދާ އިތުރު ފުރުސަތަކަށެވެ. އަދި އެކިއެކި މެޗޫރިޓީ ދަރަނީގެ މާލީ ވަސީލަތްތަކުގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ވެސް މިއީ ހުޅުވިގެންދާ ފަހި ފުރުސަތެކެވެ.

ޕްރައިވެޓް ސެކިއުރިޓީޒް މާކެޓަކީ، "ޕޮޓެންޝަލް ހައި-ރިސްކް، ހައި-ރިޓާން" މާކެޓެއްގެ ގޮތުގައި ބެލެވެ އެވެ. އެ މާކެޓުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށާއި އިންވެސްޓްމަންޓް ރިސްކްތަކަށް އަހުލުވެރި އަދި ރިސްކް ނެގުމުގެ ގާބިލުކަން ހުރި އާންމު ފަރުދުންކަމުގައި ހެދުމަށް އެ މާކެޓުގައި ބައިވެރިވުމަށް ވަނީ ޝަރުތުތަކެއް މިފްރޭމްވާކުގެ ތެރެއިން ކަނޑައަޅައިފަ އެވެ.

މީގެ މަގުސަދަކީ ވެސް އިންވެސްޓަރުން ރައްކާތެރި ކުރުމެވެ. އެ މާކެޓު ހާއްސަކޮށްފައި ވަނީ ޕްރައިވެޓް ސެކްޓަރަށެވެ. ކުންފުނީގެ ޝެއާ ހޯލްޑިން އަށް ބަދަލު ނުގެނެސް، ސެކިއުރިޓީޒްގެ ޕްރައިވެޓް ޕްލޭސްމަންޓެއް މެދުވެރިކޮށް ލިސްޓުކުރުމުގެ ފުރުސަތު މިފްރޭމްވާކުން ވިޔަފާރިވެރިންނަށް ހުޅުވާލަދެ އެވެ. މި މާކެޓަކީ ސަރުކާރު ކުންފުނިތަކަށާއި ޕަބްލިކް ލިސްޓަޑް ކުންފުނިތަކުން ވެސް ދަރަނި ދޫކޮށްގެން ފަންޑު ހޯދުމަށް ހުޅުވާލެވިފައިވާ މާކެޓެކެވެ. މި މާކެޓުގެ އެންމެހާ ކަންކަން ހުންނާނީ ޑިޖިޓަލައިޒްކުރެވި ފަންޑު ހޯދާ ފަރާތްތަކާއި އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަ ގޮތަށެވެ.

މި ބަދަލުތަކާ އެކީ، މިއަދުގެ ރާއްޖޭގެ އިގްތިސާދު މިވަނީ ވަރަށް ބޮޑަށް ޑިޖިޓަލްވެފަ އެވެ. ރާއްޖޭގެ އިގްތިސޯދީ ދުވެލި ގުޅިލާމެހިފައި ވަނީ ޑިޖިޓަލް ދުނިޔޭގައި ދިވެހިންނަށް ފައިތިލަ ހަމަކުރެވޭ ބާރުމިނެއްގެ މައްޗަށެވެ. ސަރުކާރުގެ އިތުރުން، ވިޔަފާރިތަކާއި، އާންމު ފަރުދުންގެ ދިރިއުޅުން އިތުރަށް ފަސޭހަ ކުރެވި، ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު އެހީއަކަށް ވާނީ ރާއްޖޭގެ އިގްތިސޯދު އެއްކޮށް ޑިޖިޓަލައިޒް ކުރުމުންނެވެ.

ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.