Roadha Mihaaru

އައިވްސް: ހާޑްވެއާ ވިޔަފާރީގައި ބޮޑު ކުރިއެރުމެއް

21 ޖޫން 2022

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރުންތަކެއް އިސްވެ ތިބެ އައިވްސްގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2009 ވަނަ އަހަރު އެވެ. އޭރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖެއިން ރަނގަޅު ފެންވަރެއްގެ ކޮންސްޓްރަކްޝަނުގައި ބޭނުންކުރާ ކެމިކަލް ލިބޭނެ ގޮތްތައް ފަހިކުރުމަށެވެ. މި ވިޔަފާރިއަށް 13 އަހަރު ގުނަމުން އަންނަ އިރު އައިވްސް ކުންފުނިން ވަނީ ހިދުމަތުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައި، އިތުރު ދާއިރާތަކަށް ވިޔަފާރި ފުޅާކޮށްފަ އެވެ.

މިހާރު އެ ކުންފުންޏަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން ކެމިކަލް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. ކޮންސްޓްރަކްޝަން ކެމިކަލްގެ އިތުރުން ތަށިމުއްޓާއި، ތަށިމުށި ޖެހުމަށް ބޭނުންކުރާ ސިމެންތި، ސެނިޓަރީ ވެއާ، ޕަވަޓޫލްސް، ކުލަ އާއި ދަވާދު، ގާޑެން ޓޫލްސް، އަންޑަވޯޓާ ޕަވަޓޫލްސް، އެލްވީޓީ، އެސްޕީސީ ފްލޯރިން، ބްލޮކް ބޯޑް، ކުއާޓްޒް ކައުންޓާ ޓޮޕް ވެސް އެފިހާރައިން ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ އެހާ ކުޑަ ދުވަސްކޮޅެއް ތެރޭ ކުންފުނި އެހާ ބޮޑަށް ފުޅާވެގެން ދިޔައީ ކަސްޓަމަރުންނާއި އޮންނަ ގާތް ކަމާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ގެންނަ ތަފާތު އުފެއްދުންތައް ކަމަށެވެ.

އައިވްސް އިން ތަކެތި ވިއްކުމަށް ރީޓެއިލް ގިނަ އައުޓްލެޓްތަކެއް ވަނީ މާލެ އާއި ހުޅުމާލޭގައި ހުޅުވާފަ އެވެ. އެއީ މާލޭގައި ތިން ފިހާރަ އާއި ހުޅުމާލޭގައި އެއް ފިހާރަ އެވެ. މި ފިހާރަތަކުން އައިވްސްގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ އެވެ.

ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.