20 ޖޫން 2022
މެންޗެސްޓާ (ޖޫން 20) - މެންޗެސްޓާ ސިޓީގެ ދެ ފޯވާޑުން ކަމަށްވާ ރަހީމް ސްޓާލިން އާއި ގެބްރިއެލް ޖީސަސް އަށް އެ ޓީމުން 100 މިލިއަން ޔޫރޯ އަށް ވުރެ ގިނައިން ބޭނުންވާ ކަމަށް ރިޕޯޓްކޮށްފި އެވެ.
މެންޗެސްޓާ (ޖޫން 20) - މެންޗެސްޓާ ސިޓީގެ ދެ ފޯވާޑުން ކަމަށްވާ ރަހީމް ސްޓާލިން އާއި ގެބްރިއެލް ޖީސަސް އަށް އެ ޓީމުން 100 މިލިއަން ޔޫރޯ އަށް ވުރެ ގިނައިން ބޭނުންވާ ކަމަށް ރިޕޯޓްކޮށްފި އެވެ.
ސިޓީ އިން އާ ފޯވާޑެއް ގެނައުމާ ސްޓާލިން އާއި ޖީސަސްގެ ކޮންޓްރެކްޓުގައި ވެސް ބާކީ އަހަރެއް އޮތުމާ އެކު، އެ ޓީމުން ވަނީ އާޖެންޓީނާގެ ޒުވާން ވިންގާ ހޫލިއަން އަލްވަރޭޒް އާއި ނޯވޭގެ ގޯލް މެޝިން އާލިން ބްރައުޓް ހާލަންޑްގެ ސޮއި ހޯދައިފަ އެވެ.
އުމުރުން 27 އަހަރުގެ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ސްޓާލިން ގަންނަން ޗެލްސީން 25 މިލިއަން ޔޫރޯ އާއި އިތުރު ބޯނަސްތަކާ އެކު ކުރި ބިޑު ސިޓީން ވަނީ ބޭރުކޮށްލައިފަ އެވެ. އަދި ސިޓީން އޭނާ ވިއްކާނީ 55-60 މިލިއަން ޔޫރޯއާ ދެމެދުގެ އަގަކަށް ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ޗެލްސީން އަންނަނީ އިތުރު ބިޑެއް ހުށަހަޅަން ތައްޔާރު ވަމުންނެވެ.
މިދިޔަ ސީޒަނުގައި ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރި ސްޓާލިން ވަނީ ލީގުގައި 30 މެޗު ކުޅެ 13 ލަނޑު ޖަހައިފަ އެވެ. ނަމަވެސް ސިޓީ ލީގު ކަށަވަރުވުރަން ފަހު މެޗުގައި ފަހަތުން އަރައި އެސްޓަން ވިލާ ބަލި ކުރި މެޗާއި، ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް ފެށީ ބެންޗުންނެވެ.
ބެންޗުން އަރައި ރެއާލް އާ ދެކޮޅަށް ސިޓީ އަށް އެހީ ނުވެވުނު ނަމަވެސް ލީގު ފަހު މެޗުގައި އެޓީމު 2-0 އިން ބަލިވާން ދަނިކޮށް ވަނީ ފުރަތަމަ ލަނޑު ޖަހަން އިލްކާއި ގުންޑޮގާން އަށް އެހީތެރިވެދީފަ އެވެ.
ގެބްރިއެލް ޖީސަސް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އާސެނަލް އެވެ. ފޯވާޑް ޕިއޭ އެމެރިކް އޮބާމެޔަންގް އާއި އެލެކްޒެންޑަ ލަކަޒޭޓް ޓީމު ދޫކޮށްލުމާ އެކު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަށް ވަނީ ފަހު ވަގުތު ޗެމްޕިއަންސް ލީގު ޖާގަ ގެއްލުނު އާސެނަލްގެ ފޯވާޑް ލައިން ވަރުގަދަ ކުރަން މަޖުބޫރު ވެފަ އެވެ.
މިދިޔަ ޖެނުއަރީ ގައި ކެޕްޓަން އޮބާމެޔަންގް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވި އިރު، އޭގެ ފަހުން ޓީމް ލީޑުކުރި ލަކަޒޭޓް ވަނީ ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމާ އެކު އަލުން ފްރާންސްގެ ލިޔޯން އަށް ބަދަލު ވެފަ އެވެ.
އާސެނަލް އިން ޖީސަސްގެ އެޖެންޓާ މަޝްވަރާ ކޮށްފައި ވާއިރު އެޓީމުން އަންނަނީ ބްރެޒިލްގެ 25 އަހަރުގެ ފޯވާޑް ހޯދަން ސިޓީ އަށް ރަސްމީކޮށް ހުށަހަޅަން ތައްޔާރު ވަމުންކަމަށް ރިޕޯޓް ކުރެ އެވެ. ސިޓީ އިން އޭނާގެ ކޮންޓްރެކްޓް އާނުކުރަން ނިންމާފައި ވާއިރު، ސިޓީން އޭނާ ވިއްކާނީ 50-60 މިލިއަން ޔޫރޯއާ ދެމެދުގެ އަގަކަށް ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ލޯނު އުސޫލުން ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލަށް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ
ސިޓީއަށް ދުލެއް ނުދިން، އާސެނަލް އަލުން އެއް ވަނައަށް
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް