29 ޑިސެމްބަރ 2016
މެނީލާ (ޑިސެމްބަރު 29) - ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވާ މީހުން ހެލިކޮޕްޓަރުން ވައްޓާލާނެ ކަމަށާއި ކުރިން ވެސް އެގޮތަށް ކަންތައްކޮށްފައިވާނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިންޒާރު ދެއްވައިފި އެވެ.
މެނީލާ (ޑިސެމްބަރު 29) - ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވާ މީހުން ހެލިކޮޕްޓަރުން ވައްޓާލާނެ ކަމަށާއި ކުރިން ވެސް އެގޮތަށް ކަންތައްކޮށްފައިވާނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިންޒާރު ދެއްވައިފި އެވެ.
ފިލިޕީންސް ޓީވީގައި ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވީ ކޮރަޕްޓް އޮފިޝަލުން ހެލިކޮޕްޓަރަށް އެރުވުމަށް ފަހު އެ މީހުން ހެލިކޮޕްޓަރުން ވައްޓާލީ އޭނާ އަމިއްލަ އަށް ކަމަށެވެ.
"ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވާ މީހުން ހޯދުމަށް ފަހު އެ މީހުން ހެލިކޮޕްޓަރަށް އަރުވާ އަޅުގަނޑާ އެކު މެނީލާ އަށް ދަތުރު ފަށާ ހެލިކޮޕްޓަރުން ވައްޓާލާނަން. މީގެ ކުރިން ވެސް އަޅުގަނޑުވާނީ އެގޮތަށް ކަންތައް ކޮށްފައި. ދެން ވެސް އެގޮތަށް ކަންތައް ކުރާނަން،" ޑުޓާޓެ ވިދާޅުވި އެވެ.
މިއީ މީހުން މެރި ކަމަށް ޑުޓާޓެ އެއްބަސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ޑުޓާޓެ ވަނީ ފިލިޕީންސްގެ ދެކުނުގެ ޑަވާއޯގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ތިން މީހުން މެރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެ ޑަވާއޯގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ވިއްސަކަށް އަހަރު އޭނާ ވަނީ އެ ސިޓީން ވަރަށް ބޮޑަށް ކުށްމަދުކޮށްފަ އެވެ.
ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގައި ހަނގުރާމަ ފައްޓަވައިފަ އެވެ. އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ހުއްޓުވާނެ ކަމަށާއި އެފަދަ މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާ އިރު ގަދަ ދައްކާ ނަމަ ބަޑިޖަހާ މެރުމަށް އަންގަވައިފަ އެވެ. މި ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 6،000 މީހުން ވަނީ މަރައިފަ އެވެ. މީގެ ތެރޭން ތިންބައިކުޅަ އެއްބައި މަރާފައި ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގަ އެވެ.
ޑުޓާޓެ އަމިއްލަ އަށް މީހުން މެރި މައްސަލަ ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
ފިލިލީންސްގެ ބޮކްސިން ތަރި މެނީ ރިޔާސީ ރޭހަށް
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ކަމަށް ރައީސްގެ ދަރިކަނބަލުން
ސްކޫލްތައް ހުޅުވާނީ ވެކްސިނެއް ލިބުނު ދުވަހަކުން:ޑުޓާޓެ
ފިލިޕީންސްގެ ރައީސްގެ ހަށިކޮޅުގައި އަތްލުން މަނާ!
މަގާމުން ދުރުކުރަން އުޅޭ މީހުން ޖަލަށްލާނަން: ޑުޓާޓެ
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން
ޑުޓާޓެގެ އަވަހާރަފުޅުގެ ސަބަބުން ބައްދަލުވުންތައް ކަޓަނީ
ކޮރަޕްޝަނުގެ ކުށުގައި އިމެލްޑާ މާކޯސް ދިގު މުއްދަތަކަށް ޖަލަށް