Roadha Mihaaru
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން

މެއިޑަށް ޖިންސީ ގޯނާކުރި ކަމަށް އެއްބަސްވުމުން ޑުޓާޓެ އަށް ފާޑުކިޔުން

01 ޖެނުއަރީ 2019

މެނީލާ (ޖެނުއަރީ 1) - ގޭގައި ގެންގުޅުނު މެއިޑަކަށް ޖިންސީ ގޯނާކުރި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަމިއްލަފުޅަށް އިއުތިރާފްވުމާ ގުޅިގެން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (ޖެނުއަރީ 1) - ގޭގައި ގެންގުޅުނު މެއިޑަކަށް ޖިންސީ ގޯނާކުރި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަމިއްލަފުޅަށް އިއުތިރާފްވުމާ ގުޅިގެން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

އާއްމު ތަގްރީރެއްގައި ޑުޓާޓެ ވިދާޅުވެފައި ވަނީ އޭނާގެ ޒުވާން ދުވަސްވަރު ގޭގައި ގެންގުޅުނު މެއިޑުގެ ކޮޓަރި އަށް ވަދެ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

"އޭނާ އަށް ހޭލެވުމުން ކޮޓަރިން ނުކުމެގެން ދިޔަ. އެކަމަކު ދެވަނަ ފަހަރަށް ވެސް އަހަރެން އެ ކޮޓަރި އަށް ގޮސް މެއިޑަށް ޖިންސީ ގޯނާކުރިން،" ޑުޓާޓެ ވިދާޅުވި އެވެ.

ޑުޓާޓެގެ މި ވާހަކަތަކާ ގުޅިގެން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ޑުޓާޓެ އަކީ ގައުމެއްގެ ވެރިއަކަށް ބަހައްޓަން އެކަށީގެންވާ މީހެއް ނޫން ކަމަށް ބުނެ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ޑުޓާޓެގެ ވާހަކަތަކަށް ފާޑުކިޔުން އިތުރުވުމުން އޭނާގެ ތަރުޖަމާން ވިދާޅުވެފައި ވަނީ "ރައީސް ބައެއް ފަހަރު ވާހަކަތައް ހައްދަވައިގެން ވިދާޅުވެ އެކި ކަންކަމާ ގުޅުވާލައި" ކަމަށެވެ.

ފިލިޕީންސްގެ މިލިއަނެއްހާ މީހުން ގައުމުން ބޭރުގައި މެއިޑުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ.

ޑުޓާޓެ މީގެ ކުރިން ވެސް ވަނީ މީހުންގެ ރުޅިވެރިކަން އިތުރުވާ ކަހަލަ ވާހަކަތައް ދައްކަވައިފަ އެވެ.