29 ޑިސެމްބަރ 2016
ބޭރުގެ އޮންލައިން ޓްރެވަލް އެޖެންސީތަކުން ވިތުހޯލްޑިން ޓެކްސް ދައްކަންޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހަމަޖައްސައިފި އެވެ.
ބޭރުގެ އޮންލައިން ޓްރެވަލް އެޖެންސީތަކުން ވިތުހޯލްޑިން ޓެކްސް ދައްކަންޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހަމަޖައްސައިފި އެވެ.
މީރާ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނި ގޮތުގައި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން 10 ޕަސެންޓުގެ ރޭޓުން ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭނެ އެވެ. އެ ގޮތުން، ފައިސާ ދައްކަން ބުކިން ހަދާ ފަރާތާއި އެ އެޖެންސީ އަކާ ދެމެދު ކޮންމެ ކަހަލަ އިންތިޒާމެއް ހަމަޖައްސާފައި ވިޔަސް، އެ އެޖެންސީ އަކުން މީރާ އަށް ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭނެ ކަަމަށް އެ އިދާރާ އިން ބުންޏެވެ.
ވިތުހޯލްޑިން ޓެކުހަކީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްއާ ބެހޭ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ފައިސާ އިން 10 ޕަސެންޓުގެ ރޭޓުގައި ދައްކަން ޖެހޭ ޓެކުހެކެވެ.
ބޭރުގެ އޮންލައިން ޓްރެވަލް އެޖެންސީތަކުގެ ތެރޭގައި އަގޯޑާ އާއި ބުކިން.ކޮމް އަދި ހަމިންބާޑް ފަދަ ތަންތަން ހިމެނެ އެވެ. އެ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ވެސް ބުކިން ހެއްދެ އެވެ.
މީރާ އިން ވަނީ އޮންލައިންކޮށް ވިތުހޯލްޑިން ޓެކްސް ދެއްކޭ ގޮތަށް މިހާރު ހަދައިފަ އެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓެކްސް ނުދައްކާ ފަރާތްތަކުން ޓޫރިޒަމާ އެކު މަޝްވަރާއަށް
މުއްސަނދިންގެ ފަހަތުން މީރާ ނުދުވަނީ ކީއްވެ؟
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ
މީރާ؛ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ!
އަހަރު ނިމުނު އިރު މީރާ އަށް 14.5 ބިލިއަން ރުފިޔާ
ޓީޖީއެސްޓީ ދައްކަން ޖެހޭނީ ލައިސަންސް އޮތް ނަމަ: މީރާ
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި