ކޭ-ޕޮޕްގެ އެންމެ މަޝްހޫރު އެއް ގްރޫޕް ކަމަށްވާ ބީޓީއެސް އިން ނެރުނު އާ އަލްބަމާ އެކު ދުނިޔޭގެ މިއުޒިކް ޗާޓުތަކުގައި ރެކޯޑުތައް މުގުރަން ފަށައިފި އެވެ.
14 ޖޫން 2022
ކޭ-ޕޮޕްގެ އެންމެ މަޝްހޫރު އެއް ގްރޫޕް ކަމަށްވާ ބީޓީއެސް އިން ނެރުނު އާ އަލްބަމާ އެކު ދުނިޔޭގެ މިއުޒިކް ޗާޓުތަކުގައި ރެކޯޑުތައް މުގުރަން ފަށައިފި އެވެ.
ބީޓީއެސް އިން ވަނީ މިދިޔަ ހަފުތާ ބަންދުގައި އެ ގްރޫޕުގެ މިނީ އަލްބަމް "ޔެޓް ޓު ކަމް (ދަ މޯސްޓް ބިއުޓިފުލް މޯމެންޓް)" ނެރެފަ އެވެ.
އެ އަލްބަމް އަކީ ބީޓީއެސްގެ ކުރީގެ ހިޓްތައް ވެސް ހިމެނޭ އަލްބަމެކެވެ. އޭގެ އިތުރުން، މުޅިން އާ ތިން އޮރިޖިނަލް ވެސް އެ އަލްބަމްގައި ހިމެނެ އެވެ.
އަލްބަމް ރިލީޒްކޮށް މާ ގިނަ އިރުތަކެއް ނުވަނީސް އެ އަލްބަމް އާއި އަލްބަމްގެ އޮރިޖިނަލް ލަވަތައް ވަނީ ރެކޯޑުތައް މުގުރަން ފަށައިފަ އެވެ. އަލްބަމްގެ ތިން ލަވަ ވަނީ ސްޕޮޓިފައިގެ "ޓޮޕް 200"ގެ ގަދަ 10ގައި ހިމެނިފަ އެވެ.
ކުރީގެ ބައެއް ލަވަތައް ވެސް ވަނީ ޗާޓަށް އަރައިފަ އެވެ. އަލްބަމްގައި ހިމެނޭ އާ ލަވަ "ޔެޓް ޓު ކަމް" ވަނީ އެއް ދުވަސްތެރޭގައި ހަތް މިލިއަން ސްޓްރީމް ހޯދައި، ޗާޓުގެ ތިންވަނައިގައި ހިމެނިފަ އެވެ.
އަލަށް ނެރުނު އަލްބަމަކީ ތިން ޓްރެކްލިސްޓަށް ދެމިގެންދާ 48 ލަވައިގެ އަލްބަމެކެވެ. އެ އަލްބަމްގައި ބީޓީއެސްގެ އެންމެ ކުރީގެ އަލްބަމްތަކުން ލަވަތައް ވެސް ހިމަނާފައިވެ އެވެ.
ފޭނުން ގެ ކައިރިއަށް އެއްވާތީ ޖަންކޫކް ރުޅިގަދަވެއްޖެ
ޖަންކޫކްގެ އާ ލަވަ މި މަހު ނެރެނީ
ބްލެކްޕިންކް އަންނަ މަހު އެނބުރި އަންނަނީ
ހާލު ދެރަވެގެން އެޑްމިޓްކުރި ޖިމިން ކޮވިޑަށް ޕޮޒިޓިވް
ރޭޕްގެ ކުށް ސާބިތުވީ ދޮންނަމެޝިނެއްގެ ދޮރުގެ ހިޔަނިން
ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރަށް ބޮޑެތި ތުހުމަތުތައް
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
ބްލެކްޕިންކްގެ ޖެނީ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތު
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
ދެކުނު ކޮރެއާގެ ރައީސް އެންމެފަހުން ހައްޔަރުކޮށްފި