06 ޖޫން 2022
މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ނުވަތަ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ނުވަތަ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަވާ ގައިދީންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އާއި އެފަދަ ހުކުމްތައް މި ސަރުކާރުން ތަންފީޒު ކުރާނެތޯ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެއްވުމުންނެވެ.
އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ހުރިހާ ސަރުކާރުތަކުން ގެންގުޅެމުން އައީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުން ވެސް ގެންގުޅެނީ އެ ސިޔާސަތު ކަމަށެވެ.
"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވި އެވެ.
މީގެ ކުރިން އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި މަރުގެ ހުކުމާ ގުޅުވައިގެން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތީ މޮރިޓޯރިއަމް ދަމަހައްޓާފައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ރާއްޖޭގައި އެބަތިއްބެވެެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.
އެ ތިން މީހުންގެ މަރުގެ އަދަބު 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓިޔަސް، މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ އެއްވެސް ކަމެއް މިހާތަނަކަށް ނުކުރެ އެވެ.
އޭގެ ކުރިން މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް 2015 ވަނަ އަހަރު ސަރުކާރުން ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް ހަމަޖެއްސި އެވެ.
ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު، ބަޑި ޖަހައިގެންނެވެ.
ޝަހީމް: މަރުގެހުކުމް ތަންފީޒުކުރުމުގެ އުސޫލު ފާސްކުރިން
މަރުގެ އަދަބުގެ މައްސަލާގައި އިމްރާނާ ސުވާލުކުރަނީ
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
ހަރުކަށި މީހުން ވަކި ކުރާ ވިންގް ޖުލައިގައި ނިމޭނެ
މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރެއް ނެތް: ޖަމީލް
މަރުގެ އަދަބު ދޭނެތޯ ބަލަން އިމްރާން ހާޒިރުކުރަނީ
ރަނގަޅު މީހުންގެ ހުކުމް ތަންފީޒުކުރުން ގޯސް: އިމްރާން
ފުލުހުންނަށް އެފަހަރަކު ޖެހުނު ވަޒީރެއް!
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
"ދެކެން ބޭނުންވަނީ އެމްޑީޕީގެ ހޯމް މިނިސްޓަރެއް"