05 ޖޫން 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ނިންމައި އެކަން މަޖިލީހުގައި ހިނގައިގަތް އިރު ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޮތެއް ވެސް މެންބަރުންނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި މުއުތަސިމް އަދުނާން ވަކިކުރަން ޖޭއެސްސީން މަޖިލީހުގައި އެދުމުން އެގޮތަށް ފާސްކޮށް ނިންމާލީ އެވެ. އޭރުގެ އިދިކޮޅު މެންބަރުން ވަރަށް ފާޑު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ނިންމައި އެކަން މަޖިލީހުގައި ހިނގައިގަތް އިރު ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޮތެއް ވެސް މެންބަރުންނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި މުއުތަސިމް އަދުނާން ވަކިކުރަން ޖޭއެސްސީން މަޖިލީހުގައި އެދުމުން އެގޮތަށް ފާސްކޮށް ނިންމާލީ އެވެ. އޭރުގެ އިދިކޮޅު މެންބަރުން ވަރަށް ފާޑު ވިދާޅުވި އެވެ.
މިހާރު އުޅެނީ ހައި ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައެކެވެ. ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައި އެކަން އިއުލާނުކުރި އިރު މައިގަނޑު ސަބަބެއް ކަމަށް އޮތީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެ އެކަމުގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމްކުރި ކަމުގެ ތުހުމަތެވެ.
ސުވާލެއް ނެތި އެނގޭ ކަމަކީ މިވަރުގެ ކަމެއް ކޮށްފި ނަމަ އެންމެ ދުވަހަކު ވެސް މަގާމުގައި ބަހައްޓައިގެން ނުވާނެކަމެވެ. އެކަމަކު ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތުން އުފެދޭ ސުވާލުތައް ގިނަ އެވެ.
މި ބޭފުޅުންނާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ޖޭއެސްސީން ތަހުގީގުކުރުމަށް އެކުލަވާލި ކޮމިޓީން، ފުރަތަމަ ނިންމީ ފަނޑިޔާރުންގެ ސުލޫކާ ހިލާފް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އެކަމަކު މި ނިންމުން ކޮމިޝަނަށް ފޮނުވުން ކޮމިޝަންގެ އެންގުމަށް އަލުން ރިޕޯޓް އެކުލަވައިލި އިރު އޮތީ އަނެއް ކޮޅަށް ޖެހިފަ އެވެ. އެއީ ތަހުގީގު ކޮމިޓީގެ މެންބަރަކު ބަދަލު ވެސް ވުމަށް ފަހު އައި ނިންމުމެކެވެ. މިކަމުގެ ޝަކުވާއާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ ޖޭއެސްސީގެ ނިންމުމުގައި އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށާއި އެހެންވެ އެކަންކަން ފުރިހަމަ ކުރުމަށެވެ. ޖޭއެސްސީން ރައްދު ދިނީ ހުރިހާ ކަމެއް ވެސް ކުރީ ރަނގަޅަށް ކަމަށް ބުނެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމި ފަނޑިޔާރު އަބްދުﷲ ހަމީދު (ކ) އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް. މި ބޭފުޅުންގެ ތެރެއިން ރައޫފް ވަނީ އިސްތިއުފާ ދެއްވާފައި.
މައްސަލަ ނިންމި ގޮތުގެ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ފުރުސަތު ދޭންވާނެ ކަމަށް ޖުޑީޝަރީ ކޮމިޓީން ބުންޏަސް ޖޭއެސްސީން ބުނީ އެކަން މީގެ ކުރިން ވެސް ނުކުރާ ކަމަށާއި ގާނޫނުގައި ވެސް އެއީ ކުރަން ލާޒިމު ކަމެއް ނޫން ކަމަށެވެ.
ޖުޑީޝަރީ ކޮމިޓީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް، ފައިނަލް ރިޕޯޓަށް ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. މިގޮތަށް ޖޭއެސްސީން ކުރިން ނިންމައި ފޮނުވި ނިންމުންތައް މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވާތީ އަލީ ވިދާޅުވީ ކުރިން އެކަން ސަމާލުކަމަށް އައިސްފައި ނެތީ ކަމަށާއި އެކަން އެނގޭ ހިސާބުން އަދުލުވެރިކަން ގާއިމުކޮށްދޭންޖެހޭނެ ކަމަށެވެ.
ޖުޑީޝަރީ ކޮމިޓީގައި ވެސް އަލީ މި މައްސަލަ ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ތާއީދުކުރެއްވި އެވެ.
ފްލެޓް ލިބުނު ފަނޑިޔާރުން ޝަރަފްވެރިކަމާ އެކު ރިޓަޔާކުރަން ވެސް ފުރުސަތު ދީފި. އެއްވެސް ފިޔަވަޅެއް ނާޅައި ވެސް އެބަތިބި-- އަލީ ހުސައިން
އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް އަލުން ޖޭއެސްސީން އެ މައްސަލަ ފޮނުވަން ނިންމި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދޭން ތްރީލައިން ވިޕެއް ނެރެފަ އެވެ. މާނަ އަކީ ޖުޑީޝަރީ ކޮމިޓީގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެންބަރުން ވެސް މަޖިލީހުގައި އޭގެ އަނެއްކޮޅަށް ވޯޓު ދޭން ޖެހުމެވެ.
"އެހެންވީމާ މިހާރު އެ ބުނެވެނީ އިޖުރާއީ އަދުލުވެރިކަން މުހިންމެއް ނޫނޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކު މަގާމަކުން ވަކިކުރަން ޖެހޭނީ އެ މީހަކަށް ކުރެވޭ ތުހުމަތެއް ރަނގަޅަށް ބަލައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައި ކަމަށް ވާތީ މިކަމުގައި އަދި ފަނޑިޔާރުން ވަކިން ހާއްސަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ފްލެޓް ލިބުނު ފަނޑިޔާރުން ޝަރަފްވެރިކަމާ އެކު ރިޓަޔާކުރަން ވެސް ފުރުސަތު ދީފި. އެއްވެސް ފިޔަވަޅެއް ނާޅައި ވެސް އެބަތިބި. ފްލެޓް ލިބުނު ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި މިގޮތަށް ވަކިކުރަން އުޅުމުން މި ފެންނަނީ ހަމަހަމަ އުސޫލަކުން ވެސް މިކަން ނުދާކަން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ފަނޑިޔާރުންނަށް ފްލެޓް ދިނީ ގޯސްކޮށް ކަމަށްވާ ނަމަ އެ ފްލެޓް ލިބުނު ބޭފުޅުންނާ މެދު ދައުލަތުގެ ހުރިހާ ދިމާލަކުން ވެސް އަމަލުކުރަން ޖެހޭނީ އެއް ހަމަޔަކުންނެވެ. އެއްބަޔަކު ރިޓަޔާކޮށް އިސްތިއުފާ ދީ އެހެން މަގާމުތައް ދިނުމުން ފެންނަނީ ހަމަހަމަ ކަމެއް ނެތުން ކަމަށް ވިދާޅުވި އެވެ.
ޖޭއެސްސީގެ ނިންމުމުގައިވާ ގޮތުން، ފަނޑިޔާރުން ފްލެޓް ގަބޫލުކުރެއްވުން މައްސަލައަކަށް ވަނީ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހަށް ވެފައި އެ ފަނޑިޔާރުންނަށް އެކަން ހަމަޖެއްސީ މަޖިލީހުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ކަމަށް ވާތީ އެވެ. މާނަ އަކީ ހަމަ މި އުސޫލުން ފްލެޓް ލިބިވަޑައިގަތް އެހެން ފަނޑިޔާރުންނަށް ލިބިވަޑައިގެންފައި އެ ވަނީ މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވަންޖެހޭ އެއްޗެއް ނޫންކަމެވެ. އެހެންވެ އެ ފްލެޓްތައް އެ ބޭފުޅުންގެ ކިބައިން ވަކި ނުކުރުމަކީ ވެސް އުފެދޭ ސުވާލެކެވެ. ލިބެން ނުޖެހޭ އެއްޗެއް ދިން ބަޔަކަށް އެޅި ފިޔަވަޅެއް ވެސް ނެތެވެ.
އެކަމަކު އޭރު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ފްލެޓް ދިނެވެ. ހައި ކޯޓުން ލިބުނީ ކުއްލިއަކަށް ހެދި ގޮފިތަކެއް ހަދައި ތިން ފަނޑިޔާރަކު އައްޑުއަށް ފޮނުވާލުމަށް ފަހު މާލޭގައި ތިއްބެވި ފަނޑިޔާރުންނަށް އެކަންޏެވެ. ނަމަވެސް އެއްވެސް ކޯޯޓަކަށް މިގޮތަށް ފްލެޓް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވަތަ މަޝްވަރާއެއް ކޮށްގެންނެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ހައި ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިމާއި އަބްދުﷲ ހަމީދުގެ މައްސަަލަ ޑިސެމްބަރު 2020 ގައި ޖޭއެސްސީ އަށް ހުށަހެޅީ ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަތުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާ އެކު މަޝްވަރާތަކެއް ކުރައްވައި ފްލެޓް ބައްލަވައިގަތް ކަމަށް ބުނެ އެވެ. އެ ފްލެޓްތައް އެ ބޭފުުޅުންނަށް ހާއްސަކޮށް ހުށަހެޅީ ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމުގެ ބަދަލެއްގެ ގޮތުން ކަމަށް ވެސް، ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
● އެންމެ ފުރަތަމަ، އޮކްޓޫަބަރު 13، 2021 ގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ ތިން ފަނޑިޔާރުންނަށް ލިިބިވަޑައިގަތީ ހައި ކޯޓަށް ކަނޑައެޅި ފަސް ފްލެޓްގެ ތެރެއިން ކަމަށާއި އެ ބޭފުޅުންނަށް ފްލެޓް ލިބިވަޑައިގަތީ ހައި ކޯޓުގެ ހުކުމަކާ ގުޅުވައިގެން ކަމަށް ސާބިތު ނުވާ ކަމަށް.
● ނާޒިމްގެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިނުގަންނަވާ ފަނޑިޔާރުންނަށް ވެސް ފްލެޓް ލިބިވަޑައިގަތް ކަމަށް ބުނެފައިވޭ.
● ގާނޫނުގައި އޮންނަ ގޮތަށް މި ރިޕޯޓް ޖޭއެސްސީއަށް ހުށަހެޅުމުން އިތުރު މައުލޫމާތު ހޯދުމަށް ފަހު އަލުން ރިޕޯޓް އިސްލާހުކޮށް ކޮމިޝަނުން ފާހަގަކުރި ކަންކަމާ އެކު އަލުން އެކުލަވާލަން އެންގި.
● މިދިޔަ އޭޕްރީލް 11 ވަނަ ދުވަހު ނިންމާފައި އޮތީ ފްލެޓް ލިބިވަޑައިގަތީ ނާޒިމަށް ކުރި ހުކުމާ ގުޅުވައިގެންކަން ސާބިތު ނުވިޔަސް ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފްވެފައިވާ ކަމަށް.
ޖޭއެސްސީގެ ނިންމުން ދިފާއުކޮށް ވާހަކަ ދެއްކި ކަމުގައި ވިޔަސް ހާމަކޮށް ފެންނަން އޮތީ އެއް މައްސަލައެއް ނުވަތަ އެއް ބާވަތެއްގެ މައްސަލަތަކެއްގައި އެކި ފަނޑިޔާރުންނާ މެދު ތަފާތުވެފައި އޮތް މަންޒަރެވެ. އެހެންވާ ނަމަ ބޭނުންވާ ބަޔަކު ވަކިކޮށްލަން ވީމާ ކޮންމެވެސް ހަމައެއް ދައްކާފައި އެކަން ކޮށްލަނީ ކަމަށް ބުނަން ޖާގަ އޮންނާނެ އެވެ.
ފުޅަދޫގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ކޮމިޓީއަށް
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
އިސް މެޖިިސްޓްރޭޓް ޝުކޫރު ވަކިކުރަން ކޮމެޓީން ފާސްކޮށްފި
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
މުއުތަސިމާއި ސުއޫދު އައްޔަންކުރަން މަޖިލިހުން ރުހުންދީފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ