03 ޖޫން 2022
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭތީ އައުޓްސޯސްކޮށްގެން ކުންފުނީގެ އޮޑިޓް ހަދަން ނިންމައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭތީ އައުޓްސޯސްކޮށްގެން ކުންފުނީގެ އޮޑިޓް ހަދަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފާއިތުވި 14 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލްވެފައިނުވާ ކަމަށެވެ. އެހެންވެ، ކުންފުނީގެ އޮޑިޓް ކޮމިޓީން ނިންމާފައިވާ ގޮތަށް އޮޑިޓިންގެ މަސައްކަތްތައް އައުޓްސޯސް ކުރަން ބޯޑުން ނިންމީ ކަމަށް ބުންޏެވެ.
އޮޑިޓިންގެ މަސައްކަތްތައް އައުޓްސޯސްކުރަން ނިންމުމުގެ ކުރިން އޮޑިޓް ކޮމިޓީން ވަނީ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ރިވިއުއެއް ހަދައިފަ އެވެ. ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖައްސުން ކަމަށް ނިންމީ އެ ކަންކަމަށް ބެލުމަށް ފަހުގަ އެވެ.
"ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި މި ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެކެވެ. މި ލިޔުންތައް އިތުރަށް ތަހުގީގުކުރުމަށް މިހާރު ވަނީ އޭސީސީ އަށް ފޮނުވިފަ އެވެ،" އިއުލާނުގައި ބުންޏެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ އެ ތުހުމަތުތަކަކީ ޕްރޮސީޖާއާ ގުޅޭ މައްސަލަތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތަކާ އޮޑިޓިން އައުޓްސޯސް ކުރުމާ ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ އޮޑިޓެއް ހަދައި އަހަރަކު އެއް ފަހަރު މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް އެ މަސައްކަތް ނިންމުމަށް އޮޑިޓިން ޑިޕާޓްމަންޓަށް ވެސް އަންގާފައިވާނެ ކަމަށް އަލީ ހާލިދު ވިދާޅުވި އެވެ. އެހެންވެ، ކުންފުނީގެ އޮޑިޓް ހަދަން ބޭރު ބަޔަކާ ހަވާލުކުރުމަށް ފަހު، ޕީއެސްއެމްގެ އޮޑިޓިން ޑިޕާޓްމަންޓުން ހަދާނީ އިންޓާނަލް އޮޑިޓިންގެ މަސައްކަތެވެ.
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
ޑޮލަރުގެ މުއާމަލާތުން 4 މިލިއަންގެ ހިޔާނާތެއް!
ޕީއެސްއެމްއިން އަލުން މަޖިލިސް ލައިވްކުރަން ނިންމައިފި
މަޖިލިސް ލައިވްކުރުން ޕީއެސްއެމްއިން ހުއްޓާލައިފި
ކަރެކްޝަންސް އަށް އަޑުގެ އިމާރާތުން ބައެއް ދެނީ
އަލީ، ދެވަނަ ދައުރަކަށް ޕީއެސްއެމަށް އައްޔަންކޮށްފި
ޕީއެސްއެމްގެ އެމްޑީއަކަށް އަނެއްކާ ވެސް އަލީ ހާލިދު
ދައުރު ހަމަވެގެން އަލީ ހާލިދު ޕީއެސްއެމުން ވަކިވެއްޖެ
ކޮރަޕްޝަނާ ގުޅޭ އެއްވެސް ކަމެއް ނޭނގެ: ޕީއެސްއެމް