Roadha Mihaaru
ޓީ ޖެޓީން ދޭ އުމްރާ ދަތުރުގެ ގުރުއަތު ނަގައިފި

ޓީ ޖެޓީން ދޭ އުމްރާ ދަތުރުގެ ގުރުއަތު ނަގައިފި

26 މެއި 2022

ފުޑް ކޯޓުގައި ހިންގާ ޓީ ޖެޓީ ރެސްޓޯރެންޓުގައި މިދިޔަ ރޯދަ މަހު ބޭއްވި ޕްރޮމޯޝަނުގެ ގުރު ނަގައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފުޑް ކޯޓުގައި ހިންގާ ޓީ ޖެޓީ ރެސްޓޯރެންޓުގައި މިދިޔަ ރޯދަ މަހު ބޭއްވި ޕްރޮމޯޝަނުގެ ގުރު ނަގައިފި އެވެ.

އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ހުށަހެޅި އެ ޕްރޮމޯޝަނުން އުމްރާ ދަތުރު ލިބުނީ ހދ. ކުޅުދުއްފުށި، ހަސަން މުހައްމަދެވެ. އޭނާގެ ފަރާތުން އިނާމާ ހަވާލުވީ އޭނާގެ ކޮއްކޮ ޝާހީން މުހައްމަދެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޓީ ޖެޓީ އިން ރޯދަ މަހު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނަކީ ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ދެހާސް ވިހި ވަނަ އަހަރު، ކޮވިޑް އާ އެކު އައި މެދުކެނޑުމަށް ފަހު އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ މި އަހަރުގެ ޕްރޮމޯޝަނަށް ކަމަށް ޓީ ޖެޓީން ބުންޏެވެ.

އެ ޕްރޮމޯޝަނުގެ ދަށުން 2019 ވަނަ އަހަރު ގުރުއަތުން ހޮވުނު ފަރާތް މިހާރު އުމްރާ ދަތުރު ފުރިހަމަކޮށް ނިންމާފައިވާއިރު، 2021 ވަނަ އަހަރު އެ ދަތުރު ލިބުނު ފަރާތުން މި އަހަރު އުމްރާ އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ޓީ ޖެޓީން ބުނީ އެ ރެސްޓޯރެންޓުން ދޭ މި އުމްރާ ދަތުރަކީ ގުރުއަތުން ހޮވޭ ފަރާތުން ދާން ބޭނުން އިރަކަށް ހަމަޖައްސައިދޭ ދަތުރެއް ކަމަށެވެ.

ޓީ ޖެޓީ އިން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި ގާތްގަނޑަކަށް 5،000 މީހުން ބައިވެރިވެފައި ވެއެވެ. ޓީ ޖެޓީ އަކީ ފުޑް ކޯޓުގެ 19 ނަމްބަރު ގޮޅީގައި ހިންގަމުން ދާ ރެސްޓޯރެންޓެކެވެ.