24 މެއި 2022
ކުޅިވަރު ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި "ރީބުކް" އިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސްނީކާސް ކަލެކްޝަނެއް ތައާރަފުކޮށްފި އެވެ.
ކުޅިވަރު ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި "ރީބުކް" އިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސްނީކާސް ކަލެކްޝަނެއް ތައާރަފުކޮށްފި އެވެ.
"ފިޓް ޓު ފިޓް" ކިޔާ އެ ކަލެކްޝަން ހެދީ، ބޫޓާއި ހެދުމާއި އަދިވެސް އެ ކަހަލަ އެހެން ސާމާނުގެ ވިޔަފާރި ކުރާ ވެބްސައިޓެއް ކަމަށްވާ ޒަޕޯސް އެޑެޕްޓީވްއާ ގުޅިގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހެދި އެ ކަލެކްޝަންގައި ދެ ވައްތަރެއްގެ ސްނީކާސް ހިމެނެ އެވެ. އެއީ؛
- 90 ޑޮލަރަށް ވިއްކާ ނެނޯފްލެކްސް ޕެރަފިޓް ޓީއާރް.
އެ ބޫޓް އިންނަނީ މަތީ ބައި ވަރަށް ތުނިކޮށް، ދޫކޮށް ހަދައިފަ އެވެ. އޭގެ އެއް ފަރާތުގައި ޒިބެއް އިންނައިރު، އެ ބޫޓް ޑިޒައިންކޮށްފައި ވަނީ ފުންނާބަށް ބާރު ނުވާނެ ގޮތަށެވެ.
- 60 ޑޮލަރަށް ވިއްކާ ކްލަބް އެމްއީއެމްޓީ ޕެރަފިޓް.
އެ ބޫޓް ޑިޒައިންކޮށްފައި ވަނީ އާދައިގެ ބޫޓަށް ވުރެ ތަންކޮޅެއް ފުޅާކޮށެވެ. އޭގެ އެއް ފަރާތުގައި ވެސް ޒިބެއް އިންނައިރު، އޭގެ މަތީ ބައި ހަދާފައި ވަނީ ލެދާ އިންނެވެ.
އެ ކަލެކްޝަންގެ ދެ ބޫޓު ވެސް ހަދާފައި ވަނީ ސްޓްރެޗުވާ ގޮތަށް، އަރައި، ބާލަން އުނދަގޫނުވާނެހެންނެވެ. ރީބުކް އިން ބުނި ގޮތުގައި، ފަސޭހައިން ބޭނުންކުރެވޭ ގޮތް ހެދުމަށް އެ ބޫޓްތައް ޑިޒައިން ކޮށްފައި ވެސް ވާނީ ވަރަށް ތިރިކޮށް އިންނަ ގޮތަށް ކަމަށެވެ. އަދި އެކި ކުލަތަކާއި ސައިޒުން ލިބޭ އެ ދެ ބޫޓް ވެސް، ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ބޭނުންކުރެވޭނެ އެވެ.
ރީބުކް އާއި ޒަޕޯސްގެ ވެބްސައިޓުން މިހާރު އެ ބޫޓުތައް ގަންނަން ލިބެ އެވެ.
މިދިޔަ އަހަރު މަޝްހޫރު ބްރޭންޑް "ނައިކީ" އިން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސްނީކާސް ކަލެކްޝަނެއް ނެރެފަ އެވެ.
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
ނުކުޅެދޭމީހުންގެ ޑައިވިންއަށް އެހީވާނެ މީހުން އުފައްދަނީ
އަމިއްލަ މޯލްޑިވްސް އަށް ހާއްސަ ޝަރަފެއް ލިބެނީ
މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް
ހާއްސައެހީ ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައެއް ބަަލަނީ
ރިވެލި އެވޯޑް 21 މީހަކަށް ދީފި
"ނުކުޅެދޭ ފަރާތްތަކަށް ދޭ ފަރުވާތައް އިތުރު ކުރާނަން"
ނުކުޅެދުންތެރިންނަށް ހިލޭ ތައުލީމްދޭ އިސްލާހު ބޭރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ދެނީ
ރައިއްކޮ: ހިތްވަރާ އެކު އަބަދުވެސް އުއްމީދުގައި