20 މެއި 2022
ރާއްޖެއިން ޓީބީ ނައްލާތުމުގެ ގައުމީ ކެމްޕެއިނަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް، އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 އަށް ވުރެ ގިނަ ބޭސް ގުޅަ ހަދިޔާކޮށްފި އެވެ.
ރާއްޖެއިން ޓީބީ ނައްލާތުމުގެ ގައުމީ ކެމްޕެއިނަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް، އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 އަށް ވުރެ ގިނަ ބޭސް ގުޅަ ހަދިޔާކޮށްފި އެވެ.
ރޯޝަނީ ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ އެ ބޭސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރްއާ އެ ބޭސްތައް ހަވާލުކޮށްދެއްވީ، ހައިކޮމިޝަންގެ ޗާޖު ޑި އެފެއާޒް، ރޯހިތު ރަތީޝް އެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަދިޔާކުރެވުނު ޓީބީ ބޭހަކީ 2025 ވަނަ އަހަރަށް ޓީބީގެ ބަލި ރާއްޖެއިން ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތަށް ދެވޭ އިތުރު އެހީއެއް ކަމަށެވެ. އަދި ހަދިޔާކުރެވުނު ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ބޭސް ގުޅަ ހިމެނޭނެ ކަމަށެވެ.
Handover ceremony held today for donation of Anti-TB drugs to Ministry of Health , @HPA_MV by the Government of India @HCIMaldives pic.twitter.com/AwJopniL1j
— Ministry of Health (@MoHmv) May 19, 2022
ޓީބީ ބޭސްތައް ހަދިޔާކުރީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އެ ގައުމުގެ ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެންޓީއީޕީ)ގެ ސްޓޮކްއިން ކަމަށާއި ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާ އިން އެހީތެރިކަން ދިނުމުގައި ސާބިތުކަމާ އެކު ދެމި ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޓީބީ އަކީ ސަލާމަތްތެރިވެ، އެއިން ރަނގަޅުވެވޭ ބައްޔަކަށް ވިޔަސް، ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރި އަދި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ. ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުން ކަމަށްވާއިރު، ބޭސްފަރުވާއިން ރަނގަޅު ކުރެވޭ މީހުން ވެސް އެންމެ ގިނައީ މި ސަރަހައްދުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފެށީ 2018 ވަނަ އަހަރުގަ އެވެ. އެ ކެމްޕެއިންގައި އަމާޒަކަށްވީ 2022 ގެ ކުރިން ރާއްޖެއިން އެ ބަލި ނައްތާލުމެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ އަމާޒު 2025 ގެ ނިޔަލަށް ހާސިލްކުރަން ނިންމި އެވެ.
ރާއްޖެ އަށް އިންޑިއާ އިން ޓީބީ ވެކްސިން ފޮނުވައިފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
ދަރަވަންދޫގެ ހެލްތު އިމަޖެންސީ ސެންޓަރު ހުޅުވައިފި
ގުރުއާން/އަރަބި ކިޔަވައިދޭނެ މީހުން އިންޑިއާއިން
އިންޑިއާ އިން 60،000 ޓެސްޓް ކިޓް ގެންނަނީ
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ދެނީ
ޕޮޒިޓިވްވި އިންޑިއާގެ 10 މީހުންނަށް ކެއާ ޕެކޭޖު