19 މެއި 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްލަވާލައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލާއި ފަޔާ ސްޓޭޝަނާއި ޕެސެންޖާ ޓާމިނަލްގެ އިތުރުން ކާގޯ ޓާމިނަލާއި ފިއުލް ފާމްގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވި އެވެ.
ރައީސް އޮފީހުން ބުނީ ސީޕްލޭން ޓާމިނަލްގެ މަސައްކަތުގެ 99.9 ޕަސެންޓް ނިމި، މިހާރު ކުރިއަށް ދަނީ އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓް މަސައްކަތްތައް ކަމަށެވެ. އަދި އަލަށް ގާއިމްކުރާ ފިއުލް ހައިޑްރަންޓް ސިސްޓަމްގެ 85 ޕަސެންޓް ނިމިފައިވާއިރު ފިއުލް ފާމްގެ 95 ޕަސެންޓް މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާ ވީއައިޕީ ޓާމިނަލް: ގިނަ މަޝްރޫއުތައް އަންނަނީ ނިމެމުން. ---ފޮޓޯ: އެމްއޭސީއެލް
ރައީސް އޮފީހުން ބުނިގޮތުގައި ފިއުލް ފާމް މަޝްރޫއުގެ ދަށުން ގާއިމްކުރި ފިއުލިން ސްޓޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މި މަހު ފަހުކޮޅު އެ ސްޓޭޝަންގެ ބޭނުން ކުރަން ފަށާނެ އެވެ.
ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް 93 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮތީ އެތެރޭގައި ފެންސް ޖެހުމާއި ފިނިޝިންގެ މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލް ކުރުން ފަދަ ކަންކަމެވެ. އަދި ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން އަންނަ ސެޕްޓެމްބަރު މަހު ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކާގޯ ޓާމިނަލް: މިތަނުގެ ހާބަރުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ.
ޓާމިނަލާ އިންވެގެން ހަދަމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާއިރު، އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ 30 ޕަސެންޓް ނިމި، އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއާޕޯޓުގެ މަސައްކަތް ފެށުން ދެން ލަހެއް ނުވާނެ
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!
އާ ރަންވޭއާ އެކު މުޅި މަންޒަރު ބަދަލުވާނެ!
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
އެއާޕޯޓް ޕްރޮޖެކްޓް ލަސްކުރަނީ ގަސްދުގައި: ސައީދު
އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ހުޅުވާލައިފި
އެއާޕޯޓަށް ވަޑައިގެން ރައީސްގެ ޝުކުރު މުވައްޒަފުންނަށް