މާލެ އާއި ރަށްރަށުގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން ފ. ނިލަންދޫގައި ވޯޓުލުމަށް ފަހު ވޯޓް ކަރުދާސް ދައްކަން އަންގާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފި އެވެ.
14 މެއި 2022
މާލެ އާއި ރަށްރަށުގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން ފ. ނިލަންދޫގައި ވޯޓުލުމަށް ފަހު ވޯޓް ކަރުދާސް ދައްކަން އަންގާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ފެންނަނީ މީހަކު ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ފަހު، ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ލާން ދަމުން ވީޑިއޯ ކުރަން ހުރި މީހާ އަށް އެ ދައްކާ ތަނެވެ.
ވައްޑެ ވިދާޅުވީ ނިލަންދޫ ވޯޓުލާ މަރުކަޒަށް ވޯޓުލާން ދާ އެންމެން ފާހަގަޖެހުމަށް ފަހު، ކަރުދާސްކޮޅު ދައްކަން އަންގާ މައްސަލައެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ވޯޓު ކަރުދާސް ދައްކަން އަންގަނީ އެ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން މޮނީޓާކުރަން ހުރި އޮފިޝަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން އެބަގެންދޭ. މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ޚިލާފު ކަމެއް. އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް. @MDPSecretariat @anasabdulsattar @mimaniq53 @ali_niya pic.twitter.com/aoxMnPe2pn
— Waddey (@waddey_) May 14, 2022
"އަޅުގަނޑުމެން މިހާރު ވާނީ މި މައްސަލަ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ގުޅިގެން އިތުރު ޝަކުވާތައް ވެސް ދަނީ ކުރަމުންނެވެ. ހުޅުމާލޭގެ ވޯޓުލުން ގާޒީ ސްކޫލްގައި ބާއްވަން ނިންމާފައި ވަނިކޮށް، އެއްވެސް އެންގުމަކާ ނުލާއި ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކުރި މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ. އިންތިއާ އެކު ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
މި އިންތިހާބުގެ އިތުރަށް އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
އިންތިގެ ކެމްޕޭންޓީމުގެ ސައިކަލުތަކަކަށް ގެއްލުންދީފި
ނަތީޖާ އަށް ބަދަލު އަންނާނެ ޝަކުވާއެއް ނެތް: އެމްޑީޕީ
އިންތިގެ މަރުހަބާ ފައްޔާޒަށް، ދެގޮތެއް ނުވެ ހުންނާނަން
އައްޑޫ ފައްޔާޒަށް، މާލެ އާއި ފުވައްމުލައް އިންތި އަށް
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"ހިތް ބުރަކަމެއް ނެތް، އެކުގައި މަސައްކަތް ކުރެވޭނެ"
އިންތިގެ ޓީމު މާޔޫސްވެފައި: "އެމްޑީޕީން ވަކިވާންވީ!"
މެމްބަރުންގެ އިތުބާރާއެކު، ޕާޓީގެ ކުރިމަގު ފައްޔާޒަށް