14 މެއި 2022
ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށާފައިވާއިރު، އެއީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބޮޑު ކުރިމަތިލުމެކެވެ.
ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށާފައިވާއިރު، އެއީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބޮޑު ކުރިމަތިލުމެކެވެ.
މި އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވަނީ ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވީ އާމިނަތު ޝީޒާ އެވެ. ދެ ކެންޑިޑޭޓުން ވެސް ވާދަވެރި ކެމްޕެއިނެއް ކޮށްފައިވާއިރު، ޕީޕީއެމާއި އެމްއެންޕީގެ ނުފޫޒު ވެސް ވިލިމާލެ ދާއިރާގައި ބޮޑެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރަކީ އެމްއެެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުކަން ހުސްވީ މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި އަންހެނުން ކޮމިޓީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި އައިމިނަތު އީމާން ނިޔާވުމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އާ މެމްބަރަކު ހޮވުމަށް މުހްޔިއްދީން ސްކޫލްގައި ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްގެންދާނެ ކަމަށެވެ.
މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް. pic.twitter.com/nyOEWAKXm7
— Elections Commission (@ElectionsMv) May 14, 2022
ވިލިމާލެ ދާއިރާއާއެކު މާލެ ސަރަހައްދުގެ އަންހެނުންގެ ކޮމިޓީގައި 18 މެމްބަރުން ތިއްބަވަ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު 2،900 މީހުންނަށް ލިބިގެންވެ އެވެ.
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު
ވިލިމާލެ ދާއިރާގެ ވޯޓު ގުނުމާ މެދު ގޮތެއް ނުނިންމާ
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމައިފި
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޔާމީން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ