Roadha Mihaaru
ތަފާތުބޮޑުކޮށް މޮޅުވެ މާޒިޔާ މަގާމު ދަމަހައްޓައިފި

ޔޫވީގެ މައްޗަށް ތަފާތުބޮޑުކޮށް މޮޅުވެ މާޒިޔާއިން މަގާމު ދަމަހައްޓައިފި

06 މެއި 2022

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 7-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއަ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާއިން މަގާމު ދަމަހައްޓައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 7-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއަ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާއިން މަގާމު ދަމަހައްޓައިފި އެވެ.

މާޒިޔާ އެއްވަނައިގައި އޮތީ އީގަލްސް އަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އިން ވަނީ 30 ޕޮއިންޓް ހޯދައިފަ އެވެ. އީގަލްސް އަށް 28 ޕޮއިންޓެވެ. މާޒިޔާ އަށް އެންމެ ބޮޑު ފަރަގެއް އޮތީ ލަނޑުގެ ތަފާތުންނެވެ. މާޒިޔާ އަށް ފައިދާ 43 ލަނޑު އެބައޮތެވެ. ޔޫވީ އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާގެ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު)، އިބްރާހިމް އައިސަމް (ޓޯނީ)، ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) އަދި އަކުރަމް އަބްދުލް ގަނީ އެވެ.

ޔޫވީގެގެ ހަމަ އެކަނި ލަނޑު ޖެހީ އީވާން ވެރަސް އެވެ.