Roadha Mihaaru
ޔޫވީން ގޯލް ހުޅުވިއަސް ފަހަތުންއަރައި މާޒިޔާ މޮޅުވެއްޖެ

ޔޫވީން މާޒިޔާގެ ގޯލް ހުޅުވިއަސް ފަހަތުން އަރައި މޮޅުވީ މާޒިޔާ

09 މާޗް 2022

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކޮޅަށް ޖެހި ފުރަތަމަ ގޯލް ޔުނައިޓެޑް ވިކްޓަރީން ޖެހި ނަމަވެސް ފަހަތުން އަރައި 2-1 ން މާޒިޔާ މެޗު ކާމިޔާބު ކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކޮޅަށް ޖެހި ފުރަތަމަ ގޯލް ޔުނައިޓެޑް ވިކްޓަރީން ޖެހި ނަމަވެސް ފަހަތުން އަރައި 2-1 ން މާޒިޔާ މެޗު ކާމިޔާބު ކޮށްފި އެވެ.

ލީގުގައި މާޒިޔާއިން މިހާތަނަށް ފަސް މެޗު ކުޅުނު އިރު، އެޓީމު ކޮޅަށް ލަނޑެއް ވަނީ މިއަދުގެ މެޗުގަ އެވެ. ހިތްގައިމު ހިލޭ ޖެހުމަކުން މާޒިޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީ އަށް ލީޑް ނަގައިދިނީ އަނަޓޮލީ ވްލަސިޗޭވް އެވެ.

މެޗުގެ 16 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުން ޖަހަން ގޮސްތީބީ އަނަޓޮލީގެ އިތުރުން މިލޯސް ކޮވަސެވިޗް އެވެ. ބޯޅަ އަށް ޖަހަން ފުރަތަމަ މަސައްކަތް ކުރާކަމަށް ދެއްކީ މިލޯސް އެވެ. ބޯޅައިގައި ޖަހަން އޭނާ ގޮސް ފައި ހޫރާލި ނަމަވެސް ބޯޅަ ފޮނުވައިލީ އަނަޓޮލީ އެވެ.

ބޯޅަ އަށް ހުރަސް އަޅަން މާޒިޔާގެ ކުޅުންތެރިން ފާރެއްހެން އެތުރިގެން ތިބި ނަމަވެސް ފާރުގައި ޖައްސައި ނުލައި އަނަޓޮލީ ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ. މާޒިޔާގެ ނޭޕާލްގެ ކީޕަރު ކިރަން ޝެމޮޝޮން ބޯޅަ އަށް ޑައިވް ކުރި އެވެ. އެކަމަކު އޭނާ އަށް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.

މާޒިޔާގެ ކޯނޭ ޖެހި ޕެނަލްޓީ ދިފާއު ކުރުމަށް ފަހު ޔޫވީގެ ކީޕަރު އަނަފް (ކ) އާއި ޑިފެންޑަރު މިލޯސް އުފާފާޅު ކުރަނީ: ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކޮޅަށް ފުރަތަމަ ލަނޑު ޖެހި ޓީމަކީ ޔޫވީ --- ފޮޓޯ: އެފްއޭއެމް

މާޒިޔާ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް އޭގެ 10 މިނެޓް ފަހުން ލިބުނެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު މާޒިޔާގެ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ ފޮނުވާލީ ވެސް ކޯނޭ އެވެ. އޭނާ ފޮނުވައިލި ޕެނަލްޓީ ޔޫވީގެ ކީޕަރު އަހްމަދު އަނަފް ޒަރިއަންދު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިމެންޏާ ކާޓަލް އެވެ. މާޒިޔާ އަށް ލިބުނު ކޯނަރު ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) އޭރިއާގެ ތެރޭގައި ހުރެފައި ބޯޅަ ފޮނުވައިލީ ގޯލްގެ މެދުތެރެއަށެވެ. ކީޕަރު އަނަފް ހުރީ ނުބައި ޕޮޒިޝަނެއްގަ އެވެ.

މާޒިޔާ އާއި ޔޫވީ ކުޅުނު މެޗުގައި މާޒިޔާގެ އިއްބެ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: މާޒިޔާއިން ދަނީ ހުރިހާ މެޗަކުން މޮޅުވުމުގެ ރޭހުގައި ހިފަހައްޓަމުން --- ފޮޓޯ: އެފްއޭއެމް

މާޒިޔާ އާއި ޔޫވީ ކުޅުނު މެޗުގައި މާޒިޔާގެ އިއްބެ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: މާޒިޔާއިން ދަނީ ހުރިހާ މެޗަކުން މޮޅުވުމުގެ ރޭހުގައި ހިފަހައްޓަމުން --- ފޮޓޯ: އެފްއޭއެމް

މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ޓާނާ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޔޫވީގެ ކުޅުންތެރިން ދިފާއު ކުރަން އުޅުނު ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުންނެވެ. ޔޫވީގެ ޑިފެންޑަރު ކުރިއަށް ފޮނުވައިލަން އުޅުނު ބޯޅަ ލިބުނީ އޭރިއާ ބޭރުން ޓާނާ އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.

ލީގުގެ ފަސް ވަނަ ހަފުތާގެ ކުޅުން މިރޭ ނިމޭ އިރު މިހާތަނަށް ހުރިހާ މެޗަކުން މޮޅުވެގެން ކުރިއަށް ދަނީ މާޒިޔާ އެކަންޏެވެ. އެޓީމު އެއްވަނައިގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ލީގުގައި މިރޭ ނުކުންނާނީ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ އެވެ.