05 މެއި 2022
އަންނަ ހަފުތާ ބަންދުގައި އެޅުވުމަށް ހަމަޖެހިފައިވާ މާވެލްގެ ބޮޑު ފިލްމު "ޑޮކްޓާ ސްޓްރޭންޖް" އަށް، ފުރަތަމަ ދުވަހު އެކަނި ވެސް 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ ހަފުތާ ބަންދުގައި އެޅުވުމަށް ހަމަޖެހިފައިވާ މާވެލްގެ ބޮޑު ފިލްމު "ޑޮކްޓާ ސްޓްރޭންޖް" އަށް، ފުރަތަމަ ދުވަހު އެކަނި ވެސް 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.
މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ މި އަހަރުގެ ފުރަތަމަ ބޮޑު ފިލްމު ގޮތުގައި ރިލީޒްކުރާ "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް" އަކީ ގިނަ ބަޔަކު ވަރަށް އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.
ޓްރެއިލާތަކާއި ލީކުތަކުން އިޝާރާތްކުރާ ގޮތުގައި އެ ފިލްމަކީ މާވެލްގެ ފޭސް ހަތަރެއްގައި މިހާތަނަށް އެންމެ ގިނަ ކެރެކްޓާސް އެއް ފިލްމަކުން ދައްކާލާނެ ފުރަތަމަ ފަހަރެވެ. އެއާ އެކު ފޭނުން ތިބީ ފިލްމު ބެލުމަށް ކެތްމަދުވެފަ އެވެ.
އެ ފިލްމަށް އެހާ ބޮޑު ތަރުހީބެއް އޮތުމުން ފުރަތަމަ ދުވަހު ފިލްމުގެ ވިޔަފާރީ ވަރަށް ރަނގަޅުވާނެ ކަމަށް، އެ ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ޑިޒްނީ އިން ލަފާކުރެ އެވެ.
އަންނަ ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ފިލްމު އަޅުވާނެ އެވެ. އަންނަ ހުކުރު ރާއްޖޭގައި ވެސް އެ ފިލްމު ޕްރިމިއާކުރާނެ އެވެ.
ޑިޒްނީ އިން ލަފާކުރަނީ ޑޮކްޓާ ސްޓްރޭންޖްގެ އާ ފިލްމާ އެކު ބޮކްސް އޮފީހަށް މި އަހަރު އާ ދިރުމެއް ގެނެސްދޭނެ ކަމަށެވެ. އަދި ކޮވިޑަށް ފަހު ބަލިކަށިވެފައިވާ ބޮކްސް އޮފީސް އަލުން ފަށައިގަންނާނެ ކަމަށެވެ.
އެ ފިލްމަށް ފަހު އަންނަ ޖުލައި މަހުގައި ވެސް ޑިޒްނީގެ ބޮޑު ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ "ތޯ: ލަވް އެންޑް ތަންޑާ" އެވެ.
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި
ޑެއާޑެވިލްގެ ފޭނުންނަށް އުފާވެރި ޚަބަރެއް
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ