Roadha Mihaaru
ކާޑޭޝިއަންއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި

ކާޑޭޝިއަންއާ ދެކޮޅަށް ހުށަހެޅި މައްސަލަ ޗައިނާ އަށް ކާމިޔާބެއް ނުވި

01 މެއި 2022

ކާޑޭޝިއަން އާއިލާގެ އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުނުވެ ނިންމާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކާޑޭޝިއަން އާއިލާގެ އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުނުވެ ނިންމާލައިފި އެވެ.

އަބުރު ކަތިލި ކަމަށް ތުހުމަތުކޮށް، ކަޑޭޝިއަން އާއިލާގެ އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅީ އިންޓަނެޓް ތަރި އަދި މޮޑެލް ބްލެކް ޗައިނާ އެވެ.

ކަޑޭޝިއަން އާއިލާގެ މެމްބަރު ރޮބް ކަޑޭޝިއަންއާ ލޯބީގެ ގޮތުން ގުޅިގެން ކުރިން އުޅުނު ޗައިނާ އެ މައްސަލަ ކޯޓަށް ހުށަހެޅީ 2017 ގަ އެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ނުފެށި ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި އޮތުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މީގެ ދެ ހަފުތާ ކުރިންނެވެ.

މިހާރު އެ މައްސަލަ ނިމިފައިވާއިރު ކޯޓުން، އެ މައްސަލަ ނިންމީ ޗައިނާއާ ދެކޮޅަށެވެ. ކޯޓުން ބުނީ ޗައިނާގެ ވަކީލު ލިއޭން ޗިއާނީގެ ފަރާތުން ހުށަހަޅަން ޖެހޭ ބަޔާންތައް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބޭނުންވާ މިންވަރަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުންޏެވެ.

ޗައިނާ ހުށަހެޅި މައްސަލައިގައި އޭނާ ތުހުމަތުކޮށްފައި ވަނީ ކާޑޭޝިއަން އާއިލާއިން އޭނާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާގެ ރިއަލިޓީ ޓީވީ ޝޯއެއް ކެންސަލްކޮށްލާފައިވާ ކަމަށެވެ. ރޮބް އާއި ޗައިނާ އެކީގައި އުޅުނު އިރު، އެ ދެމީހުންގެ ރިއަލިޓީ ޝޯއެއް "އީ!" ނެޓްވޯކުން ދެއްކި އެވެ. އަދި 2016 ވަނަ އަހަރުގައި އެ ޝޯ ކެންސަލްކޮށްލުމުން އެކަމުގެ ފަހަތުގައި ކަޑޭޝިއަން އާއިލާގެ އަތެއް އޮތް ކަމަށް ޗައިނާ ތުހުމަތުކުރެ އެވެ.