22 އެޕްރީލް 2022
އަބުރު ކަތިލި ކަމަށް ތުހުމަތުކޮށް، އެމެރިކާގެ މަޝްހޫރު ކަޑޭޝިއަން އާއިލާގެ އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުންތައް ފަށައިފި އެވެ.
އަބުރު ކަތިލި ކަމަށް ތުހުމަތުކޮށް، އެމެރިކާގެ މަޝްހޫރު ކަޑޭޝިއަން އާއިލާގެ އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުންތައް ފަށައިފި އެވެ.
ކަޑޭޝިއަން އާއިލާގެ މެމްބަރު ރޮބް ކަޑޭޝިއަންއާ ލޯބީގެ ގޮތުން ގުޅިގެން ކުރިން އުޅުނު މޮޑެލް ބްލެކް ޗައިނާ ވަނީ އެ އާއިލާއާ ދެކޮޅަށް 100 މިލިއަން ޑޮލަރުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފަ އެވެ. އިއްޔެ އަޑުއެހުންތައް ފެށި އެ މައްސަލައަކީ 2017 ވަނަ އަހަރުގައި އެމެރިކާގެ ކޯޓަކަށް ހުށަހެޅި މައްސަލައެކެވެ.
ޗައިނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކާޑޭޝިއަން އާއިލާއިން އޭނާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާގެ ރިއަލިޓީ ޓީވީ ޝޯއެއް ކެންސަލްކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ރޮބް އާއި ޗައިނާ އެކީގައި އުޅުނު އިރު، އެ ދެމީހުންގެ ރިއަލިޓީ ޝޯއެއް "އީ!" ނެޓްވޯކުން ދެއްކި އެވެ. އަދި 2016 ވަނަ އަހަރުގައި އެ ޝޯ ކެންސަލްކޮށްލުމުން އެކަމުގެ ފަހަތުގައި ކަޑޭޝިއަން އާއިލާގެ އަތެއް އޮތް ކަމަށް އޭނާ ޗައިނާ ތުހުމަތުކުރެ އެވެ.
ކަޑޭޝިއަން އާއިލާ އިން ވެސް ވަނީ ޗައިނާއާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފަ އެވެ. އޭނާ އެކި ފަހަރުގެ މަތިން ރޮބް އަށް އަނިޔާކުރި ކަމަށާއި އޭގެ ތެރޭގައި އެއް ފަހަރަކު ބަޑިއެއް ވެސް ދިއްކުރި ކަމަށް އެ އާއިލާ އިން ބުންޏެވެ.
އެ ވާހަކަތަކާ ގުޅޭގޮތުން އިއްޔެގެ އަޑުއެހުމުގައި ޗައިނާ ރައްދު ވެސް ދިނެވެ. އޭނާ ބުނި ގޮތުގައި އޭނާ އަތުގައި ބަޑިއެއް އޮތެވެ. ނަމަވެސް އެ އޮތީ އަންލޯޑް ކޮށްފައި ކަމަށާއި އެ އެއްވެސް އިރެއްގައި ރޮބާ ދިމާލަށް ދިއްކޮށްފައި ނުވާނެ ކަމަށް ބުންޏެވެ. އަސްލު އަނިޔާ ލިބުނީ އޭނާ އަށް ކަމަށް ބުންޏެވެ.
ކައިލީ އަކީ ތިމާވެށީގެ "ކްރިމިނަލް" އަކަށް ވެއްޖެ
ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި
ކެންޑަލް އަށް ކިއުކަމްބާ ކޮށާކަށް ނޭނގޭ
ކާޑޭޝިއަންއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި
ކޯޓްނީ އާއި ޓްރޭވިސް ކައިވެނިކުރީތަ؟
ކާޑޭޝަން އާއިލާ "ލުއި" ވިޔަފާރިއަކަށް
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ދޮންދަރިފުޅުގެ ވާހަކަތަކުން ހިތަށް ތަދުވޭ: ރުޕަލީ
ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ: ކާތިކް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި