28 އެޕްރީލް 2022
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަށް ޖަލުގައި މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ ޖަލުގެ ހާލަތާބެހޭ ޝަކުވާތައް ކްރިމިނަލް ކޯޓުގައި މިއަދު ކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަށް ޖަލުގައި މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ ޖަލުގެ ހާލަތާބެހޭ ޝަކުވާތައް ކްރިމިނަލް ކޯޓުގައި މިއަދު ކޮށްފި އެވެ.
މޭރީގެ ފިރިމީހާ މާވިންއާ ގުޅިގެން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ކުރެ އެވެ. މިއަދު ބޭއްވީ އެ މައްސަލައިގެ ބަންދު މުރާޖައާ އަޑުއެހުމެކެވެ.
ލަމްހާގެ މައިބަދައިގެ މައްސަލައަކާ ހެދި، ދައުލަތުން އެ އަޑުއެހުމުގައި ބުނީ ޑޮކްޓަރުންގެ ލަފައާ ގުޅިގެން ލަމްހާގެ އަންނައުނު ދޮވެ ދިނުމުގެ މަސައްކަތް ކަރެކްޝަންސްއިން ހިލޭ ކޮށްދޭނެ ކަމަށެވެ. އަދި ފެން ބާލިދީ އުފުލަން ޖެހޭކަމުގެ ޝަކުވާއާ ގުޅިގެން ފާހާނާގެ އިސްކުރުގައި ހޮޅިއެއް ހަރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ލަމްހާ ބުނީ އިސްކުރުގައި ހަރުކުރާ ހޮޅިއެއް ކަމަށް ބުނެ އޭނާ އަށް ދިނީ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިއެއް ކަމަށެވެ. އަދި މަތީގައި ހުންނަ އިސްކުރެއްގައި އެ ހޮޅި ހަރު ކުރުމުން ބާލީދީ އަށް ފެން އަޅަން އުނދަގޫވެ އަދި ގޮޅީގައި ދެން ތިބޭ މީހުންނަށް އެ ހޮޅީގެ ސަަބަބުން އުނދަގޫ ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށް އެއްވެސް ފަސޭހައެއް ވީ އެއްޗެއް ނޫން އެއީ ހޮޅިއަކީ. އަޅުގަނޑަށް އިތުރަށް އުނދަގޫވީ އޭގެ ސަބަބުން،" ލަމްހާ ބުންޏެވެ.
ލަމްހާ ބުނިގޮތުގައި ޖަލުގައި ދެން ތިބޭ މީހުންގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް އޭނާއަކަށް ނުލިބެ އެވެ. އެއީ އޭނާއަކީ ކުށްވެރިއެއް ކަމަށް މީޑިއާގައި މަޝްހޫރުވެފައި އޮތުމުން ކަމަށް ބުންޏެވެ.
"އެ ތަނުގެ ތެރެއިން ވެސް މާ ބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ނުލިބޭ. ކިހިނެތްތޯ ކަރެކްޝަންސްގެ އޮފިސަރަކު އައިސް އަބަދު ގޮޅީގައި ހުންނާނީ އަޅުގަނޑަށް ތަށި އެއްޗެހި ދޮވެދީ ހަދަން،" ތަށި ދޮންނަން ހުންނަނީ ކަކުލަށް ވުރެ ތިރިކޮށް ހުންނަ ސިންކެއް ކަމަށް ބުނެ، ލަމްހާ ބުންޏެވެ.
ދައުލަތުން އެދުނީ ލަމްހާ ބަންދުކުރި ސަބަބު އެ ގޮތުގައި ދެމިއޮތުމުން އޭނާގެ ބަންދު ދަމަހައްޓައިދިނުމަށެވެ. އެއީ މުޖުތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ އެވެ.
ލަމްހާގެ މައްސަލާގެ މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ
ލަމްހާގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ތަހުގީގު މަރުހަލާގައި ލަމްހާ ބަންދުކުރަން ދައުލަތުން އެދިފައި ނެތުމުން އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ނެތްކަން ހާމަވާ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ލަމްހާގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ބެލެވޭނީ ގޭންގެއްގައި ހަރަކާތްތެރިވާ ނުވަތަ ސިލްސިލާ ގޮތެއްގައި މީހުން މެރުމުގައި އުޅޭ މީހެއް ކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ހުރެގެންނެވެ. އަދި ކުރިން އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ނެތްއިރު، މިހާރު ލަމްހާގެ ފަރާތުން އޮތް ނުރައްކަލެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަމްހާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުން ނުވަތަ ފިލައިގެން ދާން އުޅޭ ކަމަށް ދައުލަތުން ތުހުމަތު ނުކުރާ ކަން ފާހަގަކޮށް، ޔާމީން ވިދާޅުވީ މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ލަމްހާ ބަންދު ކުރެވޭނެ ސަބަބެއްް ނޫން ކަމަށެވެ.
ރައްދުގައި ދައުލަތުން ބުނީ ލަމްހާ ބަންދުކުރި ސަބަބުގެ ސައްހަކަމާ މެދު މިހާރު މި މަރުހަލާގައި ސުވާލު ނުއުފެއްދޭނެ ކަމަށެވެ. ލަމްހާ ބަންދުކުރަން ކޯޓުން ކުރިން ނިންމާފައިވާއިރު، މިއަދު ވާހަކަ ދެއްކޭނީ ބަންދުކުރި ސަބަބުތައް ދެމިއޮތްތޯ ނުވަތަ ހާލަތު ބަދަލުވިކަމާ މެދު އެކަނި ކަމަށް ދައުލަތުން ބުންޏެވެ.
ލަމްހާގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ލަމްހާ ބެޑްރެސްޓް ކުރަން ޑޮކްޓަރު ލަފާ ދީފައިވާއިރު، މާފުށީ ޖަލުގައި ހުންނައިރު ބެޑްރެސްޓް ކުރެވޭނެތޯ ދައުލަތުން ބުނެދޭން ޖެހޭ ކަމަށެވެ. އަދި ނިއުރޯލޮޖިސްޓަކަށް ލަމްހާ ދައްކަން ޑޮކްޓަރު ލަފާ ދީފައިވީ ނަމަވެސް އިއްޔެއާ ހަމައަށް އޭނާ ނިއުރޯލޮޖިސްޓަކަށް ނުދައްކާ ކަމަށް ޝާއިރު ވިދާޅުވި އެވެ.
ބޭސްފަރުވާގެ ކަންކަމުގައި ބަންދުން ދޫނުކުރެވޭނެ ކަމަށް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވާތީ ދައުލަތުން ބުނީ ސިއްހީ ފަރުވާގެ ވާހަކަ އިތުރަށް ނުދެއްކޭނެ ކަމަށެވެ. އަދި ފަރުވާއާ ގުޅޭ ކަންކަމުގައި މިހާރު ޖެހޭނީ ސިވިލް ކޯޓުގައި ދައުވާ ކުރަން ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދުން ދޫވިޔަސް އަދި ނުވިޔަސް، ސިއްހީ ކަންކަމާ ގުޅޭގޮތުން ކުރާ ޝަކުވާތައް ބަލަން ޖެހޭނެ ކަމަށެވެ. ފަރުވާއާ ގުޅޭ ތަފްސީލުތައް ދައުލަތުން ކޯޓުގައި ދިނީ އެ ހިސާބުންނެވެ.
ޝާއިރު ވިދާޅުވީ ފަރުވާ ލިބުމަކީ ކޮންމެ މީހެއްގެ ހައްގަކަށް ވާއިރު، އެ ހައްގު ހޯދަން ސިވިލް ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި އެއީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޖަލުގައި ހުއްޓާ ލަމްހާއަށް ސިއްހީ ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ޒިންމާ ނަގާނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އެ ދުވަހަކު ދައުލަތުގެ ވަކީލުން ސޮރީއޭ ބުނެލާފައި ނިންމާލާނީތޯ؟،" ޝާއިރު ވިދާޅުވި އެވެ.
ގާޒީ ފާއިޒް ވިދާޅުވީ ލަމްހާގެ ބަންދު މުރާޖައާއާ މެދު ފައިނަލް ނިންމުމެއް ނިންމާނީ އަންނަ މަހު ބާއްވާ އަޑުއެހުމުގައި ކަމަށެވެ. އަދި އެކަމާ ގޮތެއް ނިމެންދެން މިހާރު ހުރި ބަންދު ދަމަހައްޓަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
މޭރީގެ މަރާ ގުޅިގެން މާވިިން އަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
ލަމްހާއަށް ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ސާވިސްދޭ
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް
މޭރީ މަރު:ހެކިބަސް ލަސްވުމުން ވަކީލުންގެ ކަންބޮޑުވުން
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކޮށްދޭން އެދެފި