މޯލްޑިވްސް ސޮކަ މޭޓްސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުކޮށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ ރަމަޒާން ވެޓެރަންސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހުޅުމާލެ ވެޓެރަންސް ކްލަބުން ހޯދައިފި އެވެ.
މޯލްޑިވްސް ސޮކަ މޭޓްސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުކޮށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ ރަމަޒާން ވެޓެރަންސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހުޅުމާލެ ވެޓެރަންސް ކްލަބުން ހޯދައިފި އެވެ.
މިއަދުގެ މެޗާ ހަމައަށް އައިރު، ހުޅުމާލޭ ވެޓެރަންސް ކުރިއަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުންނެވެ. މިއަދު ސޮކާ މޭޓްސް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވިއަސް އެޓީމަށް ފައިނަލުގެ ޖާގަ ލިބުނީ ގަދަ ދޭކުން އެޓީމު ކައްސާނުލާނެކަން ޔަގީންވުމުންނެވެ.
މާފަންނު ސްޓޭޑިއަމްގައި އޮންނަ އެފްއޭއެމް ޓާފް 1 ގައި ކުޅުނު މެޗުގެ ފުރަތަމަ ލީޑް ނެގީ ސޮކަ މޭޓްސްއިންނެވެ. އެލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ޖެހީ އަހްމަދު މަމްދޫހް އެވެ. ހުޅުމާލެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ގައުމީ ޓީމުގެ ކުރީގެ ވިންގް ފޯވާޑް އިސްމާއީލް މުހައްމަދު (އިއްސޭ) އެވެ.
ވެޓރަންސް ކަޕްގައި ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް ކްލަބް ކުޅުނު މެޗު: ފައިނަލަށް ދިއުމުގެ ފުރުސަތު ސޮކަ މޭޓްސް އަށް ވެސް އެބައޮތް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
ކުޅުނު ފަސް މެޗުގައި ހުޅުމާލެ ވެޓެރަންސް އަށް ލިބުނީ 13 ޕޮއިންޓެވެ. ފައިނަލުގެ ދެވަނަ ޖާގަ އަށް ވާދަ ކުރާނީ ސޮކަ މޭޓްސް އާއި ދަ ގްރާންޑޭ އެވެ. ސޮކަ މޭޓްސް ތިންވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ދަ ގްރާންޑޭ އަށް ނުވަ ޕޮއިންޓެވެ.
މާދަމާ ދަ ގްރާންޑޭ ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 30 ގަ އެވެ.
ވެޓެރަންސް ކަޕް މިފަހަރު މިބާއްވަނީ ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން 2020 އަދި 2021 ގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ 2019 ގެ މުބާރާތް ކާމިޔާބު ކުރި މާޒިޔާ އެވެ. މިފަހަރުގެ މުބާރާތުގައި އެޓީމުން ވާދައެއް ނުކުރެ އެވެ.
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ވެޓެރަންސް ކަޕްގެ ތަށި ހުޅުމާލޭ ވެޓެރަންސަށް
ހުޅުމާލެ ކްލަބުން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވިކްޓަރީ އެނބުރި އައުން، ބުރު ކައިރިން ބޮޑު ބައްޔެއް
ވެލެންސިއާގެ ބޭރު ކުޅުންތެރިންގެ ޖާގަތަށް ފުރިހަމަކޮށްފި
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ކުޅުންތެރިންގެ މައްސަލަ، ވެލެންސިއާއިިން އިމިގްރޭޝަނަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
އިޒްރޭލު ބޮއިކޮޓް ކުރަން ދުނިޔޭގެ ފުޓްބޯޅަ ކެމްޕޭނެއް
ރާއްޖޭގެ ގުރޫޕްގައި އިންޑިއާ، ޕާކިސްތާން ގަދަކޮށްފި