Roadha Mihaaru
ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

19 އެޕްރީލް 2022

ފ. ދަރަނބޫދޫ ބަދަރުގެ މަސައްކަތް އެމްޓީސީސީން މިއަދު ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފ. ދަރަނބޫދޫ ބަދަރުގެ މަސައްކަތް އެމްޓީސީސީން މިއަދު ނިންމާލައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް، ބޭރުތޮށި ލުމާއި އެއްގަމު ތޮށި ލުމާއި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ހާބަ ޕޭވްމަންޓެއް ހަދައި ރޭމްޕަކާއި ބްރިޖެއް ހަދައި ބަނދަރު ބައްތި ވެސް ވަނީ ހަރުކޮށްފަ އެވެ.

އެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 40.4 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފަ އެވެ. އެ ކުންފުނިން މިހާރު ވެސް ގިނަ ރަށްތަކެއްގައި މަޝްރޫއުތައް އެބަ ހިންގަ އެވެ.