19 އެޕްރީލް 2022
ތަހުގީގީ އިދާރާތައް ގުޅިގެން ބެލި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓެއް ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުއަޅަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތަހުގީގީ އިދާރާތައް ގުޅިގެން ބެލި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓެއް ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުއަޅަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގްރޫޕަކަށް މިގޮތަށް މެސެޖެއް ފޮނުއްވީ އެމްއެމްޕީއާރުސީގެ ރިޕޯޓެއް އެބައޮތް ކަމަށާއި ހިއްސާކުރަން ޖެހިދާނެ ކަމަށް ރޭ ވިދާޅުވުމަށް ފަހު އެވެ. ރޭގެ މެސެޖު، މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ނެންގެވީ ދެއްވި އިންޒާރެއްގެ ގޮތުގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނަޝީދު މި ނެންގެވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އެކި ކަންކަމުގެ ތުހުމަތު އަޅުވައި ފާޑުކިޔަމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ކޮމިޓީއެއް ނަގައި އެމްއެމްޕީއާރުސީގެ މައްސަލަ ކުރިން ބެލީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ.
އަޅުގަނޑަށް ފެންނަނީ މި ރިޕޯޓު ނެރުމަށް އަދި ޕީޖީއަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން މަޖިލީހަށް ގަރާރެއް ހުށަހަޅަން: ނަޝީދު
ނަޝީދު މިއަދު ވަނީ އޭނާގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވި ރިޕޯޓުގެ ފޮޓޯއެއް ވެސް ގްރޫޕަށް ފޮނުއްވައިފަ އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި ރިޕޯޓް: އެމަނިކުފާނު އެދިވަޑައިގަތީ މި ރިޕޯޓާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވުމަށް.
ދެން ވިދާޅުވީ އެ ރިޕޯޓް ނެރުމަށް އަދި ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން މަޖިލީހަށް ގަރާރެއް ހުށަހަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ތަހުގީގު ރިޕޯޓް ޕީޖީއަށް ފޮނުވަން ބާރުއަޅަން ގަރާރެއް ހުށަހަޅާ ވާހަކަ ނަޝީދު ދެއްކެވިއަސް އެއީ ސީދާ ކޮން ރިޕޯޓެއް ކަމެއް އަދި އެ މަނިކުފާނަށް ލިބިވަޑައިގަތް ގޮތަކާ މެދު އަދި އޮތީ ސުވާލު އުފެދިފަ އެވެ.
ހިޔާނާތުގެ ތަހުގީގު ހިންގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެންނެވެ.
ރިޔާސީ ކޮމިޝަނުގެ މަސައްކަތް ލަސްވެ ނަތީޖާ ނުނެރެވޭތީ އުވާލިއިރު, އެ ކޮމިޝަނުން ރައީސަށް ފޮނުވާފައި ވަނީ ތަފްސީލީ އެންމެ ރިޕޯޓެކެވެ. އެ ރިޕޯޓު ވެސް ރައީސް ފިޔަވައި އެހެން އިދާރާއަކަށް ފޮނުވި ކަމެއް އެ ކޮމިޝަނުން އަދި އެހެން އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ޖޮއިންޓް ތަހުގީގުގެ ވަކިވަކި ކޭސްތަކުގެ ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ރިޕޯޓުގެ ބައެއް ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރެއްވި އެވެ.
އެ ރިޕޯޓު އޮތީ ގާނޫނާ ހިލާފަށް ނުއަގުގައި ދޫކޮށްފައި ހުރި ރަށްތަކުގެ ތަފްސީލްތަކާއި އެއިން ދައުލަތަށް ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދެވެ. އޭގެ ފަހުން, އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުގެ ފައިސާ ޖަމާކުރި، އެސްއޯއެފުން ޑޮލަރުގެ މުއާމަލާތް ހިންގި ކުންފުނިތަކުގެ ތެރެއިން އަށް ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްދިނުމުގެ މައްސަލަތަކެކެވެ. އެ މައްސަލަތައް މިހާރު އޮތީ އޭޖީ އޮފީހުގަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ހިޔާނާތުގެ ލިސްޓު ކަމަށް އާއްމުކޮށްފައިވާ މައްސަލަތަކުގައި ދައުވާކުރެވޭ ވަރުގެ ތަފްސީލްތަކަކާ އެކު އޮތް ރިޕޯޓެއް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާ ހަމައަށް އެކުލަވާލާފައި ނުވާ ކަމަށެވެ. އެކަމަކު ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް އެ މައްސަލަަތައް ނުނިމުމުން މިހާރު އެ ތަހުގީގު ކުރިއަށް ގެންދާނީ އޭސީސީ އިސްވެ ކަމަށް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.
ހިޔާނާތް ބަލަން އުފެއްދި ކޮމިޝަން އުވާލުމުން އަމާޒުވި ފާޑުކިއުންތަކުގައި، އެހާ ބޮޑު ބަޖެޓެއް ހޭދަކޮށްގެން ކުރެވުނު މަސައްކަތުގެ ތަފްސީލަށް އާއްމު ފަރާތަކުން އެދުމުން ރައީސް އޮފީހުން ބުނެފައި ވަނީ އެ ކޮމިޝަނާ ގުޅޭ ރިޕޯޓެއް އާއްމުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ރިޕޯޓެއް އާއްމެއް ނުކުރެ އެވެ.
އެހެންކަމުން ނަޝީދު ގެންގުޅުއްވަނީ ކޮން ރިޕޯޓެއް ކަމެއް ކަމާބެހޭ އިދާރާތަކުން ވެސް އަދި ސާފެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަވަސްކުރަން ކޮމިޓީއެއް ނަގައި މަސައްކަތްކުރިއިރު، ތަހުގީގީ އިދާރާތަކުގައި އޮތް ނަންތަކެއް އާއްމުކުރުން ފިޔަވައި މާ ބޮޑު ކަމެއް ނުކުރެ ވެ އެވެ.
އެ ލިސްްޓް އާއްމުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 200 އަށް ވުރެން ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަންޖެހޭ ކަން ފާހަގަވެފައިވާ ކަމަށް ނަޝީދު މަޖިލީހުގައި ވިދާޅުވުމަށް ފަހު އެވެ. ތަހުގީގީ އިދާރާތަކުން އާއްމުކުރި ލިސްޓުގައި ހިޔާނާތުން މަންފާވި 247 މީހަކު ތިއްބަސް އެ އެންމެންނަކީ ކުށްވެރިންގެ ގޮތުގައި ކަނޑަނާޅާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނާއި ތަހުގީގީ އެހެން އިދާރާތަކުން ވެސް ބުނެފައިވެ އެވެ.
ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން ހިމެނެ އެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންންނާއި ފަސް ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނެ އެވެ.
ބޮޑު ހިޔާނާތުގެ 5 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
މައުސޫމަކީ ނަޒާހަތްތެރިއެއް، އިތުބާރު އެބައޮތް: ނަޝީދު
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!
ރިޕޯޓް ފޮނުވުމުން މުއައްސަސާތަކުން އަޅައެއްނުލި: އޭސީސީ
ޔާމިން ވަނީ އެމްއެމްޕީއާރުސީން ފައިސާގެ މަންފާ ހޯދާފައި
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ
ބޮޑު ހިޔާނާތުގެ ހޯދުންތައް ޕީޖީއާ ހިއްސާ ކުރަނީ
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ