ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
06 ފެބުރުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ މާލީ މަންފާ ލިބޭގޮތަށް ބޭނުންކުރައްވާފައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގުކުރުމަށްފަހު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދެއްކުމަށް އެމަނިކުފާނަށް އެންގި ކަމަށެވެ.
ނަމަވެސް އެ އެންގުމާ ހިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެއް މިލިއަން ޑޮލަރު ދައުރުކޮށް މުއާމަލާތްކޮށްގެން ބޭނުންކޮށްފައި ވަނީ މާލީ މަންފާ ލިބޭގޮތަށް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން ވަނީ އެ އެއް މިލިއަން ޑޮލަރާ ގުޅުވައިގެން ދައުލަތުގެ އިދާރާތްތަކަށް ދޮގު މައުލޫމާތު ދެއްވައިފަ އެވެ. އެހެންވެ އެކަމާ ގުޅިގެން މީގެ ކުރިން ފުލުހަށް ހާޒިރުކުރުވުމަށް ފަހު މިއަދު ވަނީ އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރުމާއި އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ޔާމީން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރާށެވެ. އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭތީ އާޒިމާގެ މައްޗަށް ވެސް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވެ އެވެ.
އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެވެ.
އެސްއޯއެފުން ޔާމީނަށް ފައިސާ ޖަމާކުރުމުގެ ތަހުގީގު އޭސީސީން ނިންމައި 2017 ގައި މައްސަލަ ފައިލްކުރުމާއެކު އެމަނިކުފާނު ވަނީ އެ އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވި އެކައުންޓް، އިންވެސްޓްމަންޓް އެކައުންޓަށް ބަދަލުކުރައްވައިފަ އެވެ.
އިސްލާމިކް ބޭންކުގައި ހުޅުވާ އިންވެސްޓްމެންޓް އެކައުންޓްގައި ހަމަޖެހިފައި އޮންނަ ގޮތުން، އެ އެކައުންޓެއްގައި ހުންނަ ފައިސާ އިން ބޭންކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ އެވެ. އަދި އެ މުއާމަލާތްތަކުން ލިބޭ ފައިދާ ބައި އަޅާނީ އެކައުންޓުގެ ވެރިފަރާތާއި ބޭންކަށެވެ. ކޮންމެ އަހަރަކު ފައިދާ ލިބޭ ގޮތަށް ވެސް އެކައުންޓް ހުޅުވެ އެވެ. އެކަމަކު، ޔާމީން އެކައުންޓް ހުޅުވީ، އެނގިފައިވާ ގޮތުގައި، ތިން އަހަރުން ފައިދާ ޖަމަވާ ގޮތަށެވެ.
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
އިތުރު މައްސަލައެއްގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ
ޔާމީނަށް 1.4 ބިލިއަނުގެ މަނީލޯންޑަރިން ތުހުމަތު
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި