18 އެޕްރީލް 2022
ގައުމީ އެއާލައިން މޯލްޑިވިއަން މި މަހު މެލޭޝިއާ އަށް ކުރާ ހާއްސަ ދަތުރުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން މި މަހު މެލޭޝިއާ އަށް ކުރާ ހާއްސަ ދަތުރުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.
ކުޑަ އީދަށް ހާއްސަކޮށް މެލޭޝިއާ އަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ. އޭރު ދަތުރުތައް ކުރަން ނިންމާފައި ވަނީ 399 ޑޮލަރަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް ވެސް އެންމެ ގިނަވެގެން އުފުލޭނީ 30 ކިލޯގެ ލަގެޖެވެ.
މި މަހުގެ 28 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ކުރާ މި ދަތުރުތަކުގައި 200 ޓިކެޓް ވިއްކަން ވަނީ ނިންމައިފަ އެވެ. އަދި އަގު ވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. މިހާރު މެލޭޝިއާއިން މާލެ އަށް 159 ޑޮލަރު އަދި މާލެއިން މެލޭޝިއާ އަށް ދަތުރުކުރާ ނަމަ 150 ޑޮލަރަށް ދަތުރު ކުރެވޭނެ އެވެ. މިހާރު ދެކޮޅު ޓިކެޓެއް 309 ޑޮލަރަށް ލިބޭ އިރު އެއީ ގާތްގަނޑަކަށް 90 ޑޮލަރުގެ ހެޔޮވުމެކެވެ.
މޯލްޑިވިއަން އިން ބުނީ މިހާ ބޮޑަށް އަގު ހެޔޮކުރީ މެލޭޝިއާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެހެން ދިވެހިންނަށް އީދު ޗުއްޓީ ރާއްޖޭގައި ހޭދަކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބޯޑަރު ބަންދު ކުރުމަށް ފަހު، އަލުން އެ ގައުމު ހުޅުވާލީ މި މަހު އެވެ. ކޮވިޑްގެ ކުރިން މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.
މޯލްޑިވިއަން އިން މެލޭޝިއާގެ ޓިކެޓް 399 ޑޮލަރަށް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ހެދި ދަތުރުތައް ކެންސަލް
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން 250 ޖާގައިގެ މަތިންދާބޯޓެއް ހޯދަނީ
މޯލްޑިވިއަނުން އިއްތިހާދާ އެކު ހާއްސަ އެއްބަސްވުމެއް
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
މޯލްޑިވިއަން އިން ބެންގަލޫރަށް ދަތުރުތައް ފަށަނީ