Roadha Mihaaru
ވިލިމާލެ ގޮނޑިއަށް އެމްޑީޕީއަށް ފުރުސަތު ގެއްލިއްޖެ

ވިލިމާލެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެ

15 އެޕްރީލް 2022

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި ފަހުން ލިއުންތައް ހުށަހެޅުމުން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި ފަހުން ލިއުންތައް ހުށަހެޅުމުން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއީ މުއްދަތު ހަމަވި ފަހުން ފޯމު ހުށަހަޅައިގެން އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނު ތިން ވަނަ ފަހަރެވެ. ފޯރީގައި ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގެ ތެރެއިން، މި މައްސަލަ ހޫނުވެ ބަހުގެ ހަމަލާތަކާ އެކު ދަނީ ފާޑުކިޔަމުންނެވެ.

އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ. މި ގޮނޑިއަށް މީހަކު ހޮވުން އަންނަ މަހުގެ 16 ގައި ބާއްވަން ނިންމައި ކުރިމަތިލާން ދިން މުއްދަތު ހަމަވީ އިއްޔެ މެންދުރު 12 އަށެވެ.

Kokko ah fahu Eman ge vakivumun aalaa ah 2 hithaama

Kokko ah fahu Eman ge vakivumun aalaa ah 2 hithaama

The most trusted news source in the Maldives

Mihaaru

ވިލިމާލެ ދާއިރާގެ ގޮނޑި ފުރުއްވި އީމާން: އިންތިހާބު ބާއްވަން ޖެހުނީ އެކްސިޑެންޓެއްގައި އޭނާ ނިޔާވެ އެ ދާއިރާގެ ގޮނޑި ހުސްވުމުން.

އެމްޑީޕީއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ލިޔުންތައް ލަހުން ހުށަހެޅުމުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ. އެމްޑީޕީއަށް އެ ދާއިރާ ގެއްލި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ވަގުތު ހަމަވުމުގެ ކުރިން އެމްޑީޕީން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު ޖުޑިޝަރީން ހޯދަން ޖެހޭ ލިއުންތައް 12 ޖެހިއިރު ވެސް ހުށަނާޅާތީ ކޮމިޝަނުން ފޯމު ބަލައިނުގަތީ ކަމަށް ވިދާޅުވި އެވެ.

އޮންލައިންކޮށް ވެސް އިންތިހާބަށް ކުރިމަތިލެވެ އެވެ. އެންމެ ފަހު ވަގުތު ފޯމު ހުށަހަޅައި ލަސްވި ސަބަބަކަށް ދެއްކީ، މާލެ އިން ހެނދުނު ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކާ ހެދި ކޯޓުން ރެކޯޑު ސާފު ނުވުމެވެ. އެކަން ކޯޓުން ވެސް އިލެކްޝަނަށް އޮތީ އަންގައިފަ އެވެ.

ހަބީބު ވިދާޅުވި ގޮތުގައި ކަނޑައަޅާފައި އޮންނަ މުއްދަތު ހަމަވި އިރު ލިއުންތައް ލިބިފައި ނެތުމުން ބަލައިގަނެވެން ނެތް ކަމަށް ނިންމީ އެވެ.

އެމްޑީޕީއަށް ވިލިމާލެ ދާއިރާގެ ގޮނޑި ގެއްލުނު މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެ ގޮނޑިއަށް އެމްޑީޕީގެ މެމްބަރަކަށް ފުރުސަތު ނުދެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މާލެ ދާއިރާ އިން އެ ފުރުސަތު ގެއްލުނީ ޕާޓީ "ހިންގާލާތީތޯ"، ޗެއާޕާސަންގެ ކެމްޕޭންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވާ ނިހާދު ސުވާލު ކުރެއްވި އެވެ.

ފައްޔާޒްއާ ދެކޮޅަށް އިންތިހާބަށް ނުކުމެ ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ޕާޓީ ދެ ފެކްޝަނަށް ބެހިފައިވާ އިރު އެއް ބަޔަކު އަނެއް ބަޔަކަށް ގެންދަނީ އެކި ކަންކަމުގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.