07 އެޕްރީލް 2022
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އޮޑިޓްގައި، އިހުމާލުވާ ބަޔަކު ފެނިއްޖެ ނަމަ އޮންނަ އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އޮޑިޓްގައި، އިހުމާލުވާ ބަޔަކު ފެނިއްޖެ ނަމަ އޮންނަ އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި ކިޔަވައިދޭން ފެށިތާ އަށް އަހަރުގެ ތެރޭގައި ތަނބުތަކުގައި ރެނދުލައި ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެހެންވެ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ފޮރިން މިނިސްޓްރީ ހިންގި ތަނުގަ އެވެ.
އެއާއެކު، ބާޖަމާލުއްދީންގައި އަރަބިއްޔާގެ އާ އިމާރާތެއް އަޅަން ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ފަށައި އަންނަ އަހަރު ނިންމާލާށެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އަރަބިއްޔާގެ އިމާރާތާ ގުޅޭ އޮޑިޓެއް، އޮޑިޓް އޮފީހުން ހަދަމުން އަންނަ ކަމަށެވެ. އެ އޮޑިޓްގައި، އިހުމާލުވާ ފަރާތެއްވާ ނަމަ އެ އޮންނަ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާގެ އާ އިމާރާތް އަޅަން 29 މިލިއަން ރުފިޔާ އަށް އެންމެ ފުރަތަމަ ހަވާލުކުރީ މާލާ ހައި ރައިޒިން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފަހު އެ ކުންފުނިން މަސައްކަތްތައް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއް ވާ ކަމަށް ބުނެ އެވެ.
އެހެންވެ، ހަތް ބުރީގެ އިމާރާތް އަޅަން އެލްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބައެއް ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ދަށުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޭރުގެ ހައުސިން މިނިސްޓްރީންނެވެ.
މިހާރު އެ ފެންނަ އިމާރާތް ހަދާފައިވަނީ އެލްއެފް ކޮންސްޓްރަކްޝަނުންނެވެ.
އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި ކޮންކްރީޓުން ހަދާފައިވާ އިމާރާތެއް މަދުވެގެން 50 އަހަރު ވަންދެން ބޭނުން ކުރެވެން ޖެހޭނެ އެވެ. އެކަމަކު، އެފަދަ އިމާރާތެއްގައި އަށް އަހަރުގެ ތެރޭގައި ރެނދުލާނީ މަސައްކަތް ކުރިއިރު ބަލަންޖެހޭ އެއްވެސް ކަމަކަށް ބެލިފައި ނެތުމުން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މަސައްކަތެއް ނުކޮށް އަރަބިއްޔާގެ ކޮންޓްރެކްޓު ހަމަވެއްޖެ
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން
ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރު ނިމޭނެ
އަރަބިއްޔާގެ ދަރިވަރުންނަށް ބާޖަމާލުއްދީންގެ ބިން ދީފި
އަރަބިއްޔާގެ ބެލެނިވެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫން
އަރަބިއްޔާ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް
އަރަބިއްޔާ ސްކޫލު އިމާރާތުގެ އޮޑިޓެއް ހަދަނީ