03 އެޕްރީލް 2022
ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާ އިން ނިއުކާސަލް ޔުނައިޓެޑް މިރޭ ބަލިކޮށް ހަތަރު ވަނައަށް ޖެހިލިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ އެވަޓަން އަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާ އިން ނިއުކާސަލް ޔުނައިޓެޑް މިރޭ ބަލިކޮށް ހަތަރު ވަނައަށް ޖެހިލިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ އެވަޓަން އަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅެ ޓޮޓެންހަމުން ނިއުކާސަލް ބަލިކުރީ 2-1 އިންނެވެ. ނިއުކާސަލް އިން ލީޑު ނެގީ މެޗުގެ 39 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއް ކާމިޔާބު ކޮށްގެންނެވެ. ހިލޭޖެހުމުން އެޓީމަށް މި ލަނޑު ޖަހައިދިނީ ފަބިއަން ޝާ އެވެ. ނަމަވެސް ނިއުކާސަލް އިން ލަނޑު ޖެހިތާ ހަތަރު މިނިޓު ފަހުން ސޮން ހެއުން މިން ނެގި ހުރަހަކުން ބެން ޑޭވިސް ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ޓޮޓެންހަމުން ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި މެޓް ޑޮހަޓީ ޖެހި ލަނޑުންނެވެ. ހެރީ ކޭން ނަގައިދިން ބޯޅަ ސޮން ހެއުން މިން އަށް ނުޖެހި ދޫވުމުން ޑޮހަޓީ ވަނީ ފަހަތުން އެ ބޯޅައަށް އަރައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޑޮހަޓީ، ޓޮޓެންހަމް މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމްގެ ތިންވަނަ ލަނޑު 54 ވަނަ މިނިޓުގައި ސޮން ޖެހީ ޑިޔާން ކުލުސެވްސްކީ ދިން ބޯޅައަކުންނެވެ. އަދި ހަތަރުވަނަ ލަނޑު 63 ވަނަ މިނިޓުގަައި ޖަހައިދިނީ އެމަސަން ރޯޔަލް އެވެ.
އެމަސަން ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ސޮން އަށް ވަނީ ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
އެމަސަން ރޯޔަލް މިރޭ ޖެހި ލަނޑަކީ އޭނާ ޓޮޓެނަހަމަށް ޖަހައިދިން ފުރަތަމަ ލަނޑު.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމްގެ ފަސްވަނަ ލަނޑު 84 ވަނަ މިނިޓުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ސްޓީވަން ބާގްވެއިން އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ލެސްޓާ ސިޓީ އަތުން ޓޮޓެންހަމް 2-1 އިން ބަލިވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ދެ ލަނޑު ޖަހައިގެން ޓީމު މޮޅުކޮށްދިން ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.
މި މޮޅާ އެކު ޓޮޓެންހަމަށް ހަތަރުވަނަ ލިބެނީ މިހާތަނަށް ކުޅުނު 30 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ފަސް ވަނައިގައި އޮތް އާސެނަލް އަށް ވެސް 54 ޕޮއިންޓް ލިބިފައި ވިޔަސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ޓޮޓެންހަމަށެވެ.
ނިއުކާސަލް ޔުނައިޓެޑް އޮތީ 30 މެޗުން 31 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 15 ވަނައިގަ އެވެ. މިދިޔަ މަހު އެޓީމު ޗެލްސީ އަތުން ބަލިވުމުގެ ކުރިން ވަނީ ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. ނަމަވެސް ޗެލްސީ އަތުން ބަލިވި ފަހުން ނިއުކާސަލް ކުޅުނު ދެ މެޗުން ވެސް އެޓީމު ވީ ބައްޔެވެ.
އެވަޓަން މިރޭ ވެސްޓް ހޭމް އަތުން ބަލިވީ 2-1 އިންނެވެ. މިއީ ޖެނުއަރީ މަހު ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑާ އެކު އެޓީމު ކުޅުނު 11 މެޗުން ބަލިވި ހަތްވަނަ ފަހަރެވެ. އަދި ލީގުގައި ކުޅުނު އަށް މެޗުން ބަލިވި ހަވަނަ މެޗެވެ.
މެޗަށް ފަހު ލަމްޕާޑް އެވަޓަންގެ ފޯވާޑް އެލެކްސް އިވޯބީ އާއެކު.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު އެވަޓަން އަދިވެސް އޮތީ ރެލިގޭޝަން ޒޯނާ އެއް ދަރަޖަ ކުރީގައި، ޓޭބަލްގެ 17 ވަނައިގަ އެވެ. އެވަޓަން މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. ނަމަވެސް ވެސްޓް ހޭމް ވަނީ 51 ޕޮއިންޓް ހޯދައިގެން ހަވަނައަށް ޖެހިލައިފަ އެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސްޓް ހޭމް އެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނިޓުގައި ލީޑު ނެގި ލަނޑު ޖަހައިދިނީ ޑިފެންޑަރު އާރޮން ކްރެސްވެލް އެވެ. ދެވަނަ ހާފުގެ އަށްވަނަ މިނިޓުގައި އެވަޓަންގެ ޑިފެންޑަރު މޭސަން ހޯލްގޭޓް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ވެސްޓް ހޭމް މޮޅުވި ލަނޑު ޖަހައިދިނީ ޖަރޮޑް ބޯވެން އެވެ.
ވެސްޓް ހޭމް އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ ހަތް މިނިޓު ފަހުން އެވަޓަންގެ މައިކަލް ކީން އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައި އެޓީމު މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
ޗެލްސީ އަތުން ބަލިވެ އާސެނަލަށް އިތުރު ހިތްދަތިކަމެއް
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް