03 އެޕްރީލް 2022
ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގެ ކަންކަމުގައި ރަޝިޔާ އިން ދެމުން އަންނަ އެއްބާރުލުން ހުއްޓާލަންޖެހިދާނެ ކަމަށް، ރަޝިޔާގެ ޖައްވީ އިދާރާގެ ވެރިޔާ އިންޒާރު ކުރައްވައިފި އެވެ.
ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގެ ކަންކަމުގައި ރަޝިޔާ އިން ދެމުން އަންނަ އެއްބާރުލުން ހުއްޓާލަންޖެހިދާނެ ކަމަށް، ރަޝިޔާގެ ޖައްވީ އިދާރާގެ ވެރިޔާ އިންޒާރު ކުރައްވައިފި އެވެ.
ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން އިއްޔެ ވިދާޅުވީ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގައި ރަޝިޔާއިން ދެމުން އަންނަ އެއްބާރުލުމަށް ބުރޫ އަރާފައިވާ ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ގައުމުތަކުގެ ޖައްވީ އިދާރާތަކަށް ރަޝިޔާ އިން ކުރިމަގުގައި އެއްބާރުލުން ދިނުން، ހުއްޓައިލުމަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިމިޓްރީ ރޮގޮޒިން ވިދާޅުވި ގޮތުގައި ޖައްވީ އިދާރާތަކާ އެކުގައި އެއްބާރުލުން ހުއްޓައިލުމަށް އޭނާ ބުރަވަނީ، ރަޝިޔާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެދުމުން، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާއި ކެނެޑާގެ ސްޕޭސް އޭޖެންސީގެ ވެރިންގެ ފަރާތުން ލިބުނު ޖަވާބުތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ޖައްވީ އިދާރާތަކާ ދެކޮޅަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އުވައިނުލާ ނަމަ، އެމެރިކާ އަށް ރޮކެޓް އިންޖީން ވިއްކުން ރަޝިޔާ އިން ހުއްޓާލާނެ އެވެ. އޭގެ އިތުރުން، އިނގިރޭސި ވިލާތުން ހިންގާ ސެޓެލައިޓް އިންޓަނެޓް ކުންފުންޏެއް ކަމަށްވާ ވަންވެބްގެ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވައިދިނުން ވެސް ރަޝިޔާ އިން ވަނީ ކެންސަލްކޮށްފަ އެވެ.
ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ހިޔަނި، ބައިނަލްއަގުވާމީ ޖައްވީ ދަތުރުތަކަށް ވެސް ވަނީ އެޅިފަ އެވެ. ޑިމިޓްރީ ރޮގޮޒިން ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ ސިޔާސަތު ބަދަލު ނުކުރާ ނަމަ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގެ ކަންކަމާ ގުޅޭ ގޮތުން، އެހެން ގައުމުތަކަށް ރަޝިޔާ އިން އެއްބާރުލުން ދިނުން ހުއްޓައިލުމަށް، އޭނާ ރަޝިޔާ ސަރުކާރުގެ ވެރިންނަށް ހުށަހަޅުއްވާނެ އެވެ.
ރަޝިއާގެ ޖައްވީ ސްޓޭޝަނެއް ހަދާތީ ނާސާ ކަންބޮޑުވޭ
ޖައްވީ ސްޓޭޝަނަށް އެންމެ ތިން ގަޑިއިރުން
އައިއެސްއެސް އިން ލީކުވާ ތަން އަދިވެސް ނުހޯދޭ
އެމެރިކާ ހަނދަށް ދާއިރު ރަޝިއާ މަޑަކުން ނޯންނާނެ
ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ