29 މާޗް 2022
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސަރުކާރުން ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސަރުކާރުން ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމަށް ހުޅުވައިލި ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަށް ވުރެ އެވްރެޖުކޮށް 250 ޕަސެންޓް ބޮޑު ކަމަށެވެ.
އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަށް ވުރެ 929 ޕަސެންޓް ބޮޑު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓެއް ހުށަހެޅީ ފ. އަތޮޅުގެ ރަށަކަށެވެ.
އެ އަތޮޅުން ރިސޯޓު ހަދަން ދޫކުރަން އިއުލާނު ކޮށްފައި ވަނީ އެނބުލުފުއްޓާއި ޖިންނަތުގައު އެވެ. މި ދެ ރަށުގެ ވެސް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައި ވަނީ 350،000 ޑޮލަރެވެ. މީގެ 929 ޕަސެންޓަކީ ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރެވެ. އެހެންވެ، މިއީ ރިސޯޓު ގަންނަން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
މި ރަށްތަކަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިމަހުގެ 22 އާއި 23 ގަ އެވެ. ބީލަން ކާމިޔާބުކުރި ފަރާތްތަކަށް ރަށްތައް އަންނަ މަހު އެވޯޑް ކުރަން ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފަ އެވެ. މުއްދަތު ހަމަވިއިރު އެ ރަށްތަަކަށް 29 ބީލަން ފޮތް ގަނެފައިވާއިރު 13 ފަރާތަކުން ވަނީ ތަފާތު 9 ރަށަކަށް 18 ބީލަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ދެ ރަށަކަށް ހުށަހެޅި ތިން ބީލަމަކާއި މ. އަތޮޅުގެ ރަށަކަށް ހުށަހެޅި ދެ ބީލމާއި ފ. އަތޮޅުގެ ދެ ރަށަކަށް އަށް ބީލަމަކާއި ތ. އަތޮޅުގެ ރަށަކަށް ހުށަހެޅި އެއް ބީލަމެއް އަދި ގއ. އަތޮޅުގެ ރަށަކަށް ހުށަހެޅި އެއް ބީލަމާއި ގދ. އަތޮޅުގެ ދެ ރަށަށް ހުށަހެޅި ތިން ބީލަމެކެވެ.
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ރިސޯޓް ހަދާ 13 ރަށުން ބިޑް ހުށަހެޅީ ދެ ރަށަށް
އާ ރަށްތައް ދޫކުރަނީ ވަރަށް ދަށް އަގުތަކެއްގައި!
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ