17 ޖެނުއަރީ 2022
މިދިޔަ އޮކްޓޫބަރު މަހު ރިސޯޓު ހަދަން ހުޅުވާލި 18 ރަށަށް ހުށަހަޅަން ޖެހޭ އެންމެ ދަށް އަގާ އެކު، އެ ރަށްތަކުގެ ބިޑް ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ރިސޯޓު ހަދަން ހުޅުވާލި 18 ރަށަށް ހުށަހަޅަން ޖެހޭ އެންމެ ދަށް އަގާ އެކު، އެ ރަށްތަކުގެ ބިޑް ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީ ކުރިއާލައި، ބިޑް ޑޮކިއުމެންޓް އާންމު ކުރީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުންނެވެ. ބިޑް ޑޮކިއުމެންޓް އާންމު ކުރުމުން، ރަށްތަކުގެ ތަފްސީލާއި އަގުތައް އިންވެސްޓަރުންނަށް އިތުރު ސާފު ވާނެ އެވެ.
ބިޑް ޑޮކިއުމެންޓްގައިވާ ގޮތުން، އެ ރަށްތަކުގެ މަސަައްކަތް ތިން އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.
އާ ރަށްތަކަށް ޖުމްލަކޮށް ހުށަހަޅަން ޖެހޭ އަގުތައް އެ މިނިސްޓްރީން ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. އޭގެ ސަބަބު ނުބުނި ނަމަވެސް، މިދިޔަ އަހަރުގެ އެޕްރީލްގެ ތެރޭގައި ޓޫރިޒަމުން ހުޅުވާލި 23 ރަށަށް ވެސް އިންވެސްޓަރުންގެ ތާއީދު ލިބިފައެއް ނުވެ އެވެ. ވިކުނީ އެންމެ ރަށެކެވެ.
މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. މިއީ މިދިޔަ އަހަރު ފަހުކޮޅު ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރަށެވެ. ތިިން ވަނައަށް އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ ށ. ކުޑަޅައިމެންދޫއަށެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ދަށްވެގެން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހޭނެ އެވެ.
ރާއްޖޭގެ 10 އަތޮޅަކުން ހުޅުވާލި މި 18 ރަށުގެ ތެރެއިން އެންމެ ކުޑަ އަގެއްގައި ދޫކުރަނީ ހދ. ކުޑަފަރުފަސްގަނޑެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓަކީ ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އެވެ. ދެން އެންމެ އަގު ހެޔޮކޮށް އުޅެނީ ރ. އެއްތިގިލި އާއި ފ. އެނބުލުފުށި އާއި ފ. އެނބުލުފުއްޓެވެ. މި ރަށްތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ނުވަތަ (4.6 މިލިއަން ރުފިޔާ)ގަ އެވެ. މިއީ މާލެ ސަރަހައްދުން އެޕާޓްމެންޓެއް ވެސް ލިބޭ އަގެވެ.
ބާކީ ހުރި ރަށްތަކުގެ އަގުތައް އުޅެނީ ފަސް ލައްކަ އާއި އަށް ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެވެ. މިއީ ވެސް ނިސްބަތުން ހެޔޮ އަގުތަކެވެ. ޓޫރިޒަމް މިނިސްޓްރީން އަލަށް ހުޅުވާލި މި ރަށްތަކަކީ މިހާރު ޓޫރިޒަމް އެހާ ބޮޑަށް ކުރި ނާރާ ސަރަހައްދުތަކެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.
މި ރަށްތަކަށް ބީލަށް ހުށަހެޅުމަށް އަންނަ މަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.
ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު (700،000 ޑޮލަރު)
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!